| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި |
ފޮޓޯއަށް ބަލަން ހުރި އިރު ތަމަންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އާދެއެވެ. ދުވަހަކުވެސް ދޮންތައަށް ދެރަ ގޮތެއް ނުވުމައްއެދި ދުއާކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ތަމަންއަށް ނޭނގެއެވެ.
މެސެޖް ހުޅުވާލުމާއެކު ތަމަންގެ ހުރިހާ ހިތާމަތައް ފިލާ ދިޔަ ކަހަލައެވެ.. މާކިންއާއި އެކު ތާރާ ނަގާފައިވާ...
**
ހިތްދަތި ދުވަސްތަކަކައްފަހު އާދުވަހަކައް އިރު އަރައިގެން އައީ ތާރާގެ ހަޔާތައް އުފާވެރިކަން ގެނެސް ދެމުންނެވެ.
މާކިން އެރަށަށް އައި ދުވަހުން ފެށިގެން ކައިވެނީގެ ކަންތައް ފެށިގެންދިޔައެވެ. ކެއްތެރިކަމެއް ނެތި ދެމީހުން އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނުއިރު ދެހިތްވެސް އުފަލުން ނަށާކަހަލައެވެ.
އެހެންޏާ ގޭތެރެ ހަލަބޮލި ނުވާ ވަރަށް ގޭތެރެ ހަލަބޮލި ވެގެންދިޔައެވެ. ކޮންމެ މީހަކުވެސް ތައްޔާރުވަމުން ދިޔައީ މިރެއަށް ރޭވިގެން ކުރިއަށްދާ މާކިންއާއި ތާރާގެ ކައިވެންޏަށެވެ.
ކައިވެނި ކުރަން އޮތްދުވަހު މާކިންގެ މަންމަ މުނާ އާއި ފިރިހެންކޮއްކޮ މާވިންއާއި އަންހެން ކޮއްކޮ ރަނާ އެރަށަށް އައި އިރު ނާދެވުނީ މާކިންގެ ބައްޕަ ވަސީމްއަށެވެ.
މާކިންގެ މަންމައާއި ކޮއްކޮމެނަށް ތާރާއާއި ނިޔާޒްގެ ފަރާތުން ހޫނު މަރުހަބާއެއްކިޔެވެ. މުނާއަށްވެސް އެވަގުތުވެސް ތާރާއަކީ ކޮންކަހަލަ ކުއްޖެއްކަން ނަގައިގަންނާކަށް އުދަގުލެއް ނުވިއެވެ.
އެކަހަލަ ރަގަޅު ކުއްޖެއް މާކިންއަށް ދެއްވީތީ ހިތުގެ އަޑިންވެސް ސުކުރު ކުރެވުނެވެ.
ރަނާއަކީ އަބަދުވެސް ބޮޑާ ފޮނިގޮތެއް ހުންނަ އަންހެން ކުއްޖަކައްވިޔަސް ރަނާއަށްވެސް ލިބެންއުޅޭ ފަހަރި ވަރަށް ކަމުދިޔައެވެ..
އެއްބަޔަކު ގޯތިތެރެ ޒީނަތް ތެރި ކުރުމުގައި އަވަދި ނެތި އުޅޭއިރު އަނެއްބަޔަކު ކެއްކުމުގެ ކަންތައްތަކާ ހަވާލުވެގެން އުޅެއެވެ. އެ ކައިވެންނަކީ މިހާތަނައް އެރަށުގައި ބޭއްވޭ އެއްމެ ބޮޑު ކައިވެނި ހަފްލާއަށްވާނެކަން ޔަގީނެވެ. އެހާ ކުލަ ގަދަކޮއް ބޮޑު ހަރަދު ކޮށްފައި ކައިވެނި ޕާޓީ ބާއްވަން ތާރާ ބޭނުން ނުވިޔަސް އެކަމާ ދެކޮޅު ނުހެދުނީ އެ ޕާޓީ އަކީ މާކިންގެ މަންމައާއި ބައްޕަގެ ފަރާތުން އެމީހުންނަށްދޭ ހަދިޔާއަކަށް ވުމުންނެވެ.
ދެމީހަކު އެއްތަންވިޔަސް މިއަދު މުޅި ރަށުގައިވެސް ދެކެވޭ ވާހަކައަކީ އެކައިވެނީގެ ވާހަކައެވެ.
އިރު އޭގެ ވާޖިބު އަދާކުރުމައްފަހު ކަނޑުގެ ސަތަހައިގެ ތެރެއަށް ގޮސް ނިވާވަމުންދިޔައެވެ. ރޭގަނޑު އަށެއް ޖަހާއިރު ކުރަން ހަމަ ޖެހިފައިވާ ކައިވެންޔައް ތާރާ ތައްޔާރު ކުރަމުންދިޔައީ މާކިންގެ މަންމަމެން އެކަމައް ހާއްސަކޮއްގެން ގެނައި މޭކަޕް އާޓިސްޓެވެ.
.ވަގުތު ގާތްވަމުން ދިޔަވަރަކަށް ގޭތެރެއިން އަޑު މަޑުވެ ކޮންމެ މީހަކުވެސް ދިޔައީ އެކައިވެންޏައް ތައްޔާރު ވަމުންނެވެ.
ގަޑިން އަށެއް ޖެހުމާއެކު ކައިވެނި ކޮއްދޭން ގާޒީއާއި އެކު ހެކިވެރިންވެސް އެތަނައް އައިސް އިނެވެ. އެމީހުންނާ ދާދިގާތުގައި އެދުގައި ނިޔާޒް އޮތެވެ.
ނިޔާޒްގެ މޫނުމަތިންވެސް ފެންނަން ހުރި ހިނިތުންވުމުން އެކަމާ އޭނަ އުފާ ކުރާ ވަރު ކޮންމެ މިހަކައްވެސް އެނގޭނެއެވެ
ހުދުކުލައިގެ ގަމީހެއްގައި ކައިވެނިކުރުމައް ތައްޔާރުވެގެން މާކިން އައިސް މޭޒްދޮށުގައި އިށީނެވެ. އަދި ފަރާތް ފަރާތައް ނަޒަރު ހިންގާލީ ތާރާގެ ސޫރަ ދެކިލުމައް އެހިތް އެދިގޮވާވަރުންނެވެ.
ކުޑައިރުކޮޅަކުން ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްއެއްގައި އެދިމާއަށް ހިނގާފައި އަންނަ ތާރާ އެލޮލުގައި އަޅައިގަންނަން ނެގީ މަދު ވަގުތު ކޮޅެކެވެ. .
މާކިންގެ މަންމަ ތާރާގެ އަތުގައި ހިފާލައިގެން ނިކުންނަން އައި އިރި ހުދުކުލައި ބޮޑު ވެޑިންގްޑްރެސްގެ ފަހަތުން އެއްބައި ހިއްލައިގެން ރަނާވެސް އާދެއެވެ.
މޭޒްދޮށުގައި އިށީނދެއިން މާކިންއަށް އެމަންޒަރު ބަލާ ފޫހިނުވާ ފަދައެވެ. އެހެދުމުގައި މިރޭ ތާރާ ފެންނަލެއް ވަކިން ފުރިހަމަ ކަމައް ދައްކައެވެ ފެންނަލެއް ވަރަށް ފުރިހަމައެވެ.
.ހެދުމުގައި ލައިފައި އިން ކުޑަ އަތްކޮޅާއި މޭމަތީގެ އެއްބައި ލޭޒްފޮތިން ލާފައިވާއިރު ތާރާގެ ގައިގެ ކުލަ ފެންނަން ހުއްޓެވެ. ގައިގެ މިނަށް ފަހާފައިވާ އެހެދުން ތާރާގެ ބައްޓަން ރީތި ހަށިގަނޑާ ވަރަށް ގުޅެއެވެ..
ހެދުމާ ގުޅުވާލަމައްޓަކާ ކަރާއި އަތުގައި ބޭނުންކޮއްފައި ހުރި ރިހި ކުލައިގެ ގަހަނާ ތަކުން ރީތިކަން ވަކިން ބޮޑަށް ދައްކައެވެ.
ބުޅި އިސްތަށިގަނޑު ރީތި ގޮތަކައް ފަހަތައް ދޫކޮއްލާފައިވާއިރު ކަންފަތް ކައިރިއަށް އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ.
.ތާރާ ގޮނޑީގައި އިށީންއިރުވެސް މާކިންގެ ނަޒަރު ތާރާއާއި ވަކި ނުވެއެވެ.
ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ގާޒީގެ ނަސޭހަތުގެ ބަސްކޮޅުންނެވެ. އެއައްފަހު ނިޔާޒްގެ ވަލީއާއި އެކު ތާރާއާއި މާކިންގެ ކައިވެނި ކުރެވުނެވެ. މާކިންގެ އަނގައިން އަނބި ގަބޫލް ކޮއްފީމޭ ބުނިވަގުތު ތާރާއަށް ދެލޯ މަރާ ބާރު ކޮއްލެވުނެވެ. އެތައް ދުވަހު ދެލޯބިވެރިޔަކު ކުރި ދިގު އިންތިޒާރަކައް ނިމުމެއް އައީއެވެ. ދެމަފިރިންގެ ލިސްޓަށް ލޯބިވާ ދެމަފިރިއަކު އިތުރުވީއެވެ.
ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
ކައިވެނި ކޮށްދޭން އައިސް ތިބި މީހުން ގޮޑިން ތެދުވުމާއެކު މާކިންއާއި އެކު ތާރާވެސް ތެދުވިއެވެ.
ގާޒީއާއި ދެން ތިބި މީހުންނާ މާކިން ސަލާން ކުރިއެވެ. އަދި އެމީހުންނާއެކު ކާން ތައްޔާރު ކުރެވިފައިވާ މޭޒާ ދިމާއަށް މާކިން ހިނގައިގަތެވެ.
ތާރާ އެވަގުތު ކޮޅުވެސް އައިސް ނިޔާޒް ގާތު މަޑުކޮށްލިއެވެ. އެވަގުތު ނިޔާޒް ލޯބިވާ ދަރިފުޅައް މަރުހަބާ ކިޔެވެ. '" ދަރިފުޅައް އަޅާލާނެ ރަނގަޅު ފިރިއަކު ލިބުމުން ބައްޕަ މިއަދު ވަރައް އުފާވެއްޖެ....، މިއަދު ކޮއްކޮއަށް މިތާ ހުރެވުންނަމަ ހާދަ އުފާވީހޭ..، ނިޔާޒް ތަމަން މަތިން ހަދާން ކޮށްލަމުން ބުނެލިއެވެ.
ކައިވެނި ކޮށް ނިމުމުން ގޭ ގޯތިތެރޭގައި ހަފްލާ ބޭއްވުމައްޓަކާ ޒީނަތްތެރި ކޮއްފައިވާ ތަނައް މާކިން ތާރާ ގޮވައިގެން ދިޔައެވެ. އެތަން ޒީނަތްތެރިކޮއްފައިވާ ގޮތް ފެނުމާ އެކު ތާރާ އާޝޯހުވިއެވެ.
ދުވަހަކުވެސް އޭނަގެ ކައިވެނި އެހާ ފުރިހަމަކޮއް ކުރިޔައްދާނެ ކަމަށް ތާރާ ދުވަހަކުވެސް ހިތަށް ނާރައެވެ. އެތަން ޒީނަތްތެރިކޮއްލާފައިވަނީ އެހާ ފުރިހަމަޔަށެވެ.
ޕާޓީ ފެށިގެން ދިޔައިރު ތާރާއާއި މާކިން ބޭނުންވި ގޮތަށް އެވަގުތުގައިވެސް އެމީހުންނާ މާދުރު ނޫން ހިސާބެއްގައި ނިޔާޒް ބާއްވާފައި އޮތެވެ.
މާކިން ގާތު ތާރާ ހުއްޓިލައިގެން ހުރި އިރު ޕާޓީއަށް އަންނަ ކޮންމެ މީހެއްގެ ނަޒަރުވެސް އެދެމީހުންނައް ހުއްޓެއެވެ. އެހާވެސް އެ ޖޯޑް ގުޅެއެވެ.
އިރު އިރުކޮޅާ މާކިންއަށްވެސް ތާރާ ގެ މޫނަށް ބަލާލެވެއެވެ. އެވަގުތުން އެވަގުތައްވެސް ހިތް އެދެމުން ދިޔައީ އެރީތިކަމަށް ތައުރީފް ކޮށްލާށެވެ.
ކައިވެނީގެ ރަސްމިއްޔާތު ނިމުމުން މީހުންތައް ހުސްވަމުންގޮސް ގޭތެރެ އެއްކޮށް ހުސްވިއެވެ.
އެގޭގައި ނިދާނެ ތަނެއް ނެތުމުން ޔަޒާން މެންގެ ގެއިން މަންމަމެން ފުރަން ވަންދެން މާކިން ކޮޓަރި ހަމަޖެއްސިއެވެ. ޕާޓީ ނިމުމާއެކު ވެފަ ހުރި ވަރުބަލީގައި މާކިންގެ މަންމައާއި ދެކޮއްކޮ ވެސް ބޭނުންވީ އަވަހަށް ނިދާލާށެވެ. ބާކީ ހުރި ކަންތައް މާދަމާއަށް ބަހައްޓާފައި މާކިން އަތްމައްޗަށް ލައިގެން އައިސް ނިޔާޒް އޮންނަ އެދުގައި ބޭއްވިއެވެ.
'އަދި ނިދާލުމަށް ބުނެ މާކިން އެކޮޓަރިން ނިކުމެގެން ހިނގައިގަތެވެ.
**
ތަމަން އިންތިޒާރު ކުރަމުންދިޔައީ ޕާޓީ ނިމި ތާރާގެ ހަބަރެއް ވާނެ އިރަކަށެވެ. ދޮންތަގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހު ކައިރީގައި ނުހުރެވުމުން ތަމަން އެކަމާ ދެރަވި ކަމުގައިވިޔަސް އެހިތައް ހަމަޖެހުން ލިބުނެވެ. އެމީހުންނައް އަޅާލަން މާކިން ކަހަލަ މީހެއް ލިބުމަކީ ލިބުނު ނަސީބެކެވެ.
ކައިވެނި ކުރަން ކުޑަ ވަގުތު ކޮޅަކައްވެފައި ހުއްޓައި ތާރާ ތަމަންއަށް ގުޅާފައި ފޮޓޯ ފޮނުވާނަމޭ ބުނީން ސުރެ ތަމަން އެއިންނަނީ ދޮންތަގެ އިންތިޒާރުގައެވެ.
**
ކޮޓަރިއަށް ވެރިވެފައިވަނީ ފަނޑު އަލި ކަމެކެވެ. ހީވަނީ މި އަނދިރިކަމާއެކުގައި އެ ހިތް ފަސޭހަ އެނދުވެސް މާކިންމެނަށް ދައުވަތު ދޭ ހެންނެވެ. މާކިންގެ އަތުތެރޭގައި އޮތް ތާރާގެ މޫނުމަތިން ލަދުވެތިކަން ފިލާނުދެއެވެ. އެކަކުގެ ހޫނު އަނެކަކު އިހުސާސް ކުރަމުންދިޔައީ އޭގެ އެންމެ ފުންމިނަށެވެ. ނޭވާ އަވަސްވެ ވިންދު ބާރުވަމުންދިޔައީ އެކަކުގެވެސް އިހުތިޔާރަކާ ނުލައެވެ.
ދެ ހިތައްވެސް ލިބެމުންދިޔައީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ކޮއްފައި ނުވާ ފޮނިކަމަކާއި އުފަލެކެވެ.
ޖަޒްބާތީ އޮއިވަރުގާ ފުންމިންނޭގޭ ކަނޑަކަށް ދެހިތްވެސް ގަރަޤް ކޮއްލައިފިއެވެ.
މާކިންގެ މޭގައި ބޮނޑިވެލައިގެންއޮވެ ތާރާއަށް ނިދުން ގޮތްވެސް ނޭގުނެވެ.
**
ޔުނިވާސިޓީން ނިކުތްއިރު އެއްފަރާތެއްގައި އޮތް ކަޅު ކާރާ ދިމާލައް ތަމަން ހިނގައިގަތެވެ.
މިއަދު އަރީން ތަ؟ ކޮބާ އަރުކަން...، ތަމަން ކާރުގެ ދޮރުފަތް ހުލުވާލަމުން ބުނެލިއެވެ.
ދޮންބެ ބަލާ އެއާޕޯޓްއަށްގޮސްވީ..، މަންމަ އާޝާ ބަލާދާށޭ ބުނީމަ މިއައީ..، އަރީން ކާރު ދުއްވާލަމުން ބުނެލިއެވެ.
ދޮންބެއޭ..، އެކާކު ؟ ތިގޭގަ އެހެން މީހެއްވެސް އުޅޭތަ؟ ތަމަން ލޯ ހިމަ ކޮއްލަމުން ބުނެލިއެވެ.
އުނހު މިގޭ މީހެއްނޫން ..، އެކަމަކު ވަރައް ގިނައިން އަންނާނެ ..، އެ މަންމަގެ ކޮއްކޮ..، އަރީން އިތުރަށް ތަމަންއަށް އޮޅުން ފިލުވައިލަ ދިނެވެ.
ދެމީހުން ވާހަކައިގައި ތިބެ ގެއާ ހިސާބައް އާދެވުމާއެކު ތަމަން ކާރުން ފައިބައިގެން ގެއާދިމާލައް ހިނގައިގަތެވެ..،
ގޭތެރެއިން ފަޒްލާ ފެންނަން ނެތުމުން ތަމަން ބަދިގެއަށް ބަލައިލަމުން ސިޑިން އަރައިގެން މައްޗަށް ދިޔައެވެ.
އާޝާ!! އާދެބަލަ ...، ތަމަންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިތެރޭ ހުރެ ފަޒްލާއަށް އެކޮޓަރި ހުރަސްކޮށްދިޔަ ތަމަން ފެނުމުން ގޮވާލިއެވެ.
ދޭބަލަ އެއްޗެހި ބަދަލް ކޮށްލައިގެން އަންނަން ..، ފަޒްލާ އެހެން ބުނުމުން ތަމަން ކޮޓަރިއަށް ވަދެ އަވަސްކޮއްލައިގެން ނިކުތެވެ.
މިއުޅެނީ ދައްތަގެ ކޮއްކޮ އަންނާތީ މިކޮޓަރި ރީތިކޮއްލަން ވެގެން..، މީ އަބަދުވެސް އޭނަގެ ކޮޓަރި ..، ފަޒްލާ އެހެން ބުނެލުމުން ތަމަންވެސް އެދުމަތީ އިށީނދެ ބާލީސްތަކައް އުރަ ލައްވަން ފެށިއެވެ.
ކޮޓަރި ސާފުކޮއް ނިމުމުން ރޭގަނޑު ކެއުން ނިންމާލާފައި ތަމަން ކޮޓަރިއަށް ވަދުން އިރުވެސް އަރުކަންމެން ގެއަށް ނާދެއެވެ.
އާންމުކޮއް ތާރާ އާއި ވާހަކަ ދައްކާ ގަޑީގައި ތަމަން ތާރާއަށް ގޮވާލިއެވެ. ކައިވެނީގައި ނަގާފައިވާ ފޮޓޯ ތައް ފަހަރަކު ފޮޓޯއެއް ތާރާ ފޮނުވަމުން ދިޔައިރު އެދުގައި ބާއްވާފައި އޮތް ބައްޕަގެ ފޮޓޯ ފެނުމާއެކު ތަމަން އަށް ރޮއިވުނެވެ.
ކުޑަ ދޮރު ކަހާލުމައްފަހު ބެލްކަނީގައި ބަހައްޓާފައިވާ މޭޒްކައިރީގައި ތަމަން އިށީނީ ހިތައް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ދޮންތައާއި ބައްޕަގެ ފޮޓޯތައް ފެނުންފަހުން އެމީހުން މަތިން މާބޮޑަށް ހަދާންވަނީއެވެ. ކިތަންމެ ވަރައް ނުރޯން މަސަތްކަތް ކުރިޔަސް ތަމަން އަށް އެކަން ވީ ބޭކާރު ކަމަށެވެ.
ރޭގަނޑު އެގާރަ ޖެހިފަހުން އަރުކަންމެންނައް ގެއަށް އާދެވުން އިރު އެންމެން ނިދަން ކޮޓަރިއަށް ވަދެއްޖެއެވެ.
ނަމަވެސް އެދެމީހުންނައް ކެވޭ ގޮތަށް މޭޒްމައްޗައް ކާއެއްޗެހި ނަގާފައި ހުއްޓެވެ ދެމީހުން ކައިގެން ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.
އަރުކަން ކޮޓަރިއަށް ވަނީ ދޮންބެގެ ކޮޓަރީ ކުޑަ އިރުކޮޅަކު މަޑުކޮށްލުމައްފަހުއެވެ.
ބެލްކަނީގައި ބަހައްޓާފައި ހުރި މޭޒްގައި ބޯއަޅާލައިގެން ނިދިފައިއޮތް ތަމަންއަށް ހޭލެވުނީ އޭނަގެ މޫނަށް އައްޔެއްވާތީއެވެ.
ކުރިމަތީ ގައި ފޯނުން ތަމަންގެ މޫނައް އަލިކުރަން ހުރި މީހާ ފެނުމުން ތަމަން އައް ފުންމައިގެން ތެދުވެ ހަޅޭތްލަވާގަނެފައި ދުއްވައިގަނެވެން އުޅުނެވެ.
ނަމަވެސް ކުރިމަތީ ހުރި މީހާ މާ ހުޝިޔާރެވެ އެ އަޑު ބޭރުވުމުގެ ކުރިން ތަމަންގެ އަނގަ މަތީ އަތް އެޅިއެވެ.
ދުއްވައިގަންނަން އުޅުން ތަމަންގެ ހަށިގަނޑު ކޮންޓްރޯލްނުވެއެމީހާގެ އަތްމައްޗައް ތަމަން ވެއްޓުނެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
ނުނިމޭ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް