ކޭބީސީގެ 18 ވަނަ ސީޒަންގައި ބައެއް ބައިވެރިންގެ ވާހަކަތަކުން ހިތް ފަޅައިގެންދާ ކަމަށް އަމީތާބް ބުނެފި

އިންޑިއާގެ ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޒަންގެ މަޝްހޫރު ކުއިޒް ޝޯ ކޯން ބަނެގާ ކްރޯޑްޕަތީ (ކޭބީސީ) ގެ 18 ވަނަ ސީޒަންގައި ހޮސްޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު ބައެއް ބައިވެރިންގެ ދިރިއުޅުމުގެ ވާހަކަތ...

09 Sep 2026 | 09:15
އަމީތާބު ބައްޗަން --

އަމީތާބު ބައްޗަން --

އިންޑިއާގެ ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޒަންގެ މަޝްހޫރު ކުއިޒް ޝޯ ކޯން ބަނެގާ ކްރޯޑްޕަތީ (ކޭބީސީ) ގެ 18 ވަނަ ސީޒަންގައި ހޮސްޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު ބައެއް ބައިވެރިންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއެހުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް ބޮލީވުޑްގެ އަމީތާބް ބައްޗަން ބުނެފިއެވެ.

ޝޯގެ ބައިވެރިންނާ ވާހަކަ ދައްކައި އެ މީހުންގެ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލުކުރުމަކީ ހޮސްޓެއްގެ ހައިސިއްޔަތުން އަމީތާބް އާންމުކޮށް ކުރާ ކަމެކެވެ. ބައެއް ބައިވެރިންގެ ޝައުގުވެރި އަދި މަޖާ ވާހަކަތައް ހުންނައިރު ބައެއް ބައިވެރިން ދިރިއުޅުމުގައި ކުރިމަތިލާން ޖެހިފައިވާ ދަތި ހާލަތްތައް ވެސް ހިއްސާކުރެއެވެ.

އެ ވާހަކަތަކާއި ގުޅޭގޮތުން އަމީތާބު ބުނީ ބައެއް ބައިވެރިން ވަރަށް ހިތާމަވެރި އަދި އަސަރުގަދަ އަމިއްލަ ވާހަކަތަކާއެކު އައުމުން، އެމީހުންނަށްޓަކައި ހިތަށްކުރާ އަސަރުތައް ކޮންޓްރޯލް ކުރަން ދަތިކަމަށެވެ. ޝޯ ކުރިއަށް ގެންދަން ވެސް ދަތިކަމަށް ބުނެފައިވެ އެވެ.

އަމީތާބް ބުނެފައި ވަނީ ދައްކާ ވީޑިއޯތަކަށް ފަހު ޝޯގެ ތެރެއިން އަލުން އެމީހާހަކާ އެ ހިތްދަތި ވާހަކަތައް ދައްކަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ ބަލަނީ ތަފާތު އެހެން ވާހަކައެއް ބައިވެރިންނާ ދެއްކޭތޯ ކަމަށް ބުންޏެވެ.

މިދިޔަ މަހު ސޮނީން އާންމުކުރި ޕްރޯމޯ ވީޑިއޯގައި އަމީތާބް ގޮލްފް ކުޅެމުން ބެލުންތެރިންނަށް ދޭ މެސެޖަކީ ދިރިއުޅުމުގައި ފުރަތަމަ ޖަވާބު އެއީ އަބަދުވެސް ރަނގަޅު ޖަވާބު ނޫން ކަމާއި ޖަވާބު ދިނުމުގެ ކުރިން ހުއްޓި ވިސްނައިލުން މުހިންމު ކަމެވެ.

ކޭބީސީގެ އިތުރުން އަމީތާބް ދެން ފެނިގެންދާނީ ނާގް އަޝްވިން ޑައިރެކްޓްކުރާ ކަލްކީ 2898 އޭޑީ ގެ ދެވަނަ ބައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް