ޝަކީރާގެ ދަރިން، ބައްޕައާ ބައްދަލު ކުރަން ބައްރެއް ހުރަސް ކުރަންޖެހޭތީ ކޯޓަށް މައްސަލަ ހުށަހަޅައިފި

ލަވަކިޔުންތެރިޔާ ޝަކީރާގެ ދެ ފިރިހެން ދަރިން ބެލެހެއްޓުމުގެ އިންތިޒާމަށް ބަދަލު ގެނައުމަށް އެދި މި ހަފުތާގައި ސްޕެއިންގެ ބާސެލޯނާ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ. އޭނާގެ ދެ ދަރިންނަކީ ކުރީގެ ބައިވ...

08 Oct 2026 | 14:02
ޝަކީރާ ދެ ކުދިންނާއި އެކު --

ޝަކީރާ ދެ ކުދިންނާއި އެކު --

ލަވަކިޔުންތެރިޔާ ޝަކީރާގެ ދެ ފިރިހެން ދަރިން ބެލެހެއްޓުމުގެ އިންތިޒާމަށް ބަދަލު ގެނައުމަށް އެދި މި ހަފުތާގައި ސްޕެއިންގެ ބާސެލޯނާ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ.

އޭނާގެ ދެ ދަރިންނަކީ ކުރީގެ ބައިވެރިޔާ އަދި ސްޕެއިންގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއަށް ލިބިފައިވާ ކުދިންނެވެ. ޕީކޭ އޭނާއަށް ބޭވަފާތެރިވުމުން ދެ މީހުން ވަކިވެ، ކޯޓު މެދުވެރިކޮށް ކުދިން ހޯދައިގެން ޝަކީރާ މިހާރު ދިރިއުޅެނީ އެމެރިކާގައި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޝަކީރާ ހުށަހެޅީ ކުރު ޗުއްޓީ ދުވަސްވަރު ކުދިން ބާސެލޯނާއަށް ދިގު ދަތުރުކުރުމުގެ ބަދަލުގައި، ޕީކޭ މިއާމީއަށް ގޮސް ކުދިންނާ ބައްދަލުކުރާ ގޮތަށް ޒިންމާ ހިއްސާކުރުމަށެވެ.

ޝަކީރާގެ ޤާނޫނީ ޓީމުން ބުނެފައިވަނީ މި ހުށަހެޅުމުގެ ބޭނުމަކީ ބައްޕައާ އެކު ކުދިން ހޭދަކުރާ ވަގުތު މަދުކުރުން ނޫން ކަމަށެވެ. އެ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، ދެ ބައްރެއް ހުރަސްކޮށް ތަކުރާރުކޮށް ކުރަންޖެހޭ ދިގު ވައިގެ ދަތުރުތަކުގެ ސަބަބުން ކުޑަ ދެ ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއި ކިޔެވުމަށް ނޭދެވޭ އަސަރު ކޮށްފާނެއެވެ.

ޝަކީރާ ބޭނުންވަނީ ކުދިންގެ ސްކޫލް ކިޔެވުމާއި، އިޖުތިމާޢީ ދިރިއުޅުމާއި، ޢާއިލީ ހަމަޖެހުން ދެމެހެއްޓުން ކަމަށް ބުނެފައިވެ އެވެ.

ދެ ބައްރެއް ވަކިކޮށް ދަރިން ބެލެހެއްޓުމަކީ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ކޯޓުން ނިންމާ ގޮތެއް އަދި ހާމައެއް ނުކުރެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް