ޕަރިނީތީގެ ފުރަތަމަ ސީރީޒްގެ ނަން ބަދަލުކޮށް މިމަހު ނެޓްފްލިކްސްއިން ދައްކަން ފަށާނެ

ބޮލީވުޑް ތަރި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލް ކުޅެފައިވާ ފުރަތަމަ ސީރީޒް " ޝައްކު: ޓްރަސްޓް ނޯ ވަން" ނެޓްފްލިކްސް އިން މިމަހުގެ ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރެންސިލް ޑިސިލްވާ އާއި ސިދާރްތް ޕީ. މަލޯތ...

08 Sep 2026 | 04:12
ޝައްކު: ޓްރަސްޓް ނޯ ވަން ގެ ޕޯސްޓަރެއް --

ޝައްކު: ޓްރަސްޓް ނޯ ވަން ގެ ޕޯސްޓަރެއް --

ބޮލީވުޑް ތަރި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލް ކުޅެފައިވާ ފުރަތަމަ ސީރީޒް " ޝައްކު: ޓްރަސްޓް ނޯ ވަން" ނެޓްފްލިކްސް އިން މިމަހުގެ ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރެންސިލް ޑިސިލްވާ އާއި ސިދާރްތް ޕީ. މަލޯތެރާ ކްރިއޭޓްކޮށް ރެންސިލް ޑައިރެކްޓްކޮށް އެލްކެމީ ފިލްމްސް ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގައި ދައްކައިދެނީ އިތުބާރާއި ޝައްކު ލޯތްބާއި ހަމަ ޖެހުމުގެ ދެމެދުގައި އޮތް ފުސް ރޮނގެވެ.

މި ސީރީޒްގެ ފުރަތަމަ ޓީޒާ މިއަހަރުގެ ފެބްރުއަރީ މަހު ދައްކާލިއިރު ދީފައިވާ ނަމަކީ "ތަލާޝް: އަ މަދާސް ސާޗް"އެވެ. ނަމަވެސް ސީރީޒް މިމަހު ދައްކަން ފަށާނެ ކަން އިއުލާނު ކުރި އިރު ފިލްމުގެ ނަން ވަނީ "ޝައްކު: ޓްރަސްޓް ނޯ ވަން" އަށް ބަދަލުކޮށްފައި އެވެ.

ޑައިރެކްޓަރު އަދި ކޯ-ކްރިއޭޓަރު ރެންސިލް ޑިސިލްވާ މި ސީރީޒް އާއި ބެހޭގޮތުން ބުނެފައި ވަނީ ޝައްކަކީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ، ވަރަށް ގޮތްނޭނގޭ ތުރިލާ އެއް ކަމަށެވެ. ކޮންމެ ހާމަވުމަކާއެކު އިތުރު ސުވާލެއް އުފެދޭއިރު، ކޮންމެ ގުޅުމެއްގެ ފަހަތުގައި ވެސް ހާމަނުވެ އޮތް އިތުރު ފަށަލައެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ޑައިރެކްޓަރު ބުނީ މި ސީރީޒް އުފައްދަން ހިތްވަރާއި ބާރު ލިބިި ޝައުޤުވެރިވީ، އުއްމީދު ކަނޑާނުލައި ނުވަ އަހަރު ހޭދަކުރި މައެއްގެ ފުން އަސަރުތަކުން ފުރިގެންވާ ދަތުރުގެ ތެރެއިން ކަމަށެވެ.

މިއީ ގެއްލިފައިވާ ނުވަ އަހަރުގެ ދަރިފުޅު ހޯދުމަށް މައަކު ކުރާ ވަރުގަދަ މަސައްކަތުގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކްރައިމް ތުރިލާއެކެވެ.

ޕަރިނީތީގެ އިތުރުން މި ސީރީޒްގެ ކާސްޓުގައި ސޯނީ ރާޒްދާން، އަނޫޕް ސޯނީ، ޖެނިފާ ވިންގެޓް، ތާހިރު ރާޖް އަދި ބާސިން ހާރްލީން ސެތީ އާއި ދުރޫވް ޗައުދަރީ ގެ އިތުރުން ސުމީތު ވިޔާސް ހިމެނެއެވެ.

މި ސީރީޒް ދައްކަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް