ފޫޖީފިލްމްގެ ބްރޭންޑް އެމްބެސެޑަރަކަށް ރަޝްމިކާ ހަމަޖައްސައިފި

ފޫޖީފިލްމް އިންޑިއާގެ އިމޭޖިން ސޮލިއުޝަންސް ރޭންޖުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދާނާ، އިޢުލާނުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ރަޝްމިކާ ތަމްސީލުކުރާ...

07 Oct 2026 | 01:47
ފުޖީފިލްމްސްގެ އިވެންޓެއްގެ ތެރެއިން --

ފުޖީފިލްމްސްގެ އިވެންޓެއްގެ ތެރެއިން --

ފޫޖީފިލްމް އިންޑިއާގެ އިމޭޖިން ސޮލިއުޝަންސް ރޭންޖުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދާނާ، އިޢުލާނުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝްމިކާ ތަމްސީލުކުރާނީ އެ ކުންފުނީގެ އިލެކްޓްރޯނިކް އިމޭޖިން، އިންސްޓެކްސް އަދި ފޮޓޯ އިމޭޖިން ވިޔަފާރީގެ ދާއިރާތަކެވެ. ޒުވާން ޖީލުގެ ކަސްޓަމަރުންނާ ގާތް ގުޅުމެއް ބިނާކޮށް، ފޮޓޯގްރަފީގެ އުފާވެރިކަން އިންޑިއާގެ އާންމުންނާއި ހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ކުންފުނިން ނިންމި މި ނިންމުމަކީ އެ ކުންފުންޏަށް ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށް ފޫޖީފިލްމް އިންޑިއާއިން ބުނެފައިވެއެވެ.

އިންޑިއާގެ ސިނަމާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް މޫނު ކަމަށްވާ ރަޝްމިކާއަކީ އިންސްޓެކްސް ބޭނުންކުރާ ފަރާތެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ފުޖީގެ އެމްބެސެޑަރަކަށް ވުމަށް ފަހު ރަޝްމިކާ ބުނީ ފޮޓޯ ނެގުމަކީ އޭނާއަށް ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އެގޮތުން އިންސްޓެކްސް ބޭނުންކުރާ މީހެއްގެ ހައިސިއްޔަތުން، ފޮޓޯއެއް އަތުގެ ތެރޭގައި ައަބަދު ފެންނަން މަންޒަރު ހުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

ފޫޖީފިލްމް އިންޑިއާއިން ދަނީ ފޫޖީފިލްމް ސްޕެކްޓްރަމް ޓުއާ އާއި، އެކްސް ސްޕޭސް އާއި، މުމްބާއީގައި ހުންނަ ހައުސް އޮފް ފޮޓޯގްރަފީ ފަދަ ޙަރަކާތްތައް މެދުވެރިކޮށް ޒުވާން ޖީލާ ގާތް ގުޅުމެއް ބިނާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް