ފަރާ އާއި އޭނާގެ ތިން ދަރިން --
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާނާއި ޝިރީޝް ކުންދެރުގެ އެއް މާބަނޑު ތިން ކުދީން އެމެރިކާގެ ތިން ސިޓީއެއްގެ ތިން ޔުނިވާސިޓީއެއްގައި ކިޔެވުން ފެށުމަށް އިންޑިއާ ދޫކޮށް ފުރުމާ ގުޅިގެން އިންސްޓެގްރާމްގައި ޖަޒުބާތީ ޕޯސްޓެއް ފަރާ ހިއްސާކޮށްފިއެވެ.
މި ޕޯސްޓުގައި ފަރާ ވަނީ ދަރީން ކޮލެޖަށް ގެންގޮސްދިން ވަގުތު ނެގި ފޮޓޯތައް ހިއްސާކޮށް ކަބީ އަލްވިދާ ނާ ކެހެނާގެ ޓައިޓަލް ލަވަ އެ މަންޒަރާއި ގުޅުވާލާފައި އެވެ.
ފަރާގެ ދަރިންގެ ތެރެއިން ދީވާ ކުންދެރު ކިޔަވަނީ ބެބްސަން ކޮލެޖުގައި އެންޓެޕްރެނާޝިޕާއި ފައިނޭންސް އެވެ. އަންޔާ ކުންދެރު ކިޔަވަން ފެށީ ނިއު ޔޯކް ޔުނިވާސިޓީ (އެންވައިޔޫ) ގައި އިކޮނޮމިކްސާއި ޑޭޓާ ސައިންސް އެވެ. ޒާރް ކުންދެރު ކިޔެވުމަށް ދިޔައީ އެމޮރީ ޔުނިވާސިޓީއަށް ބިޒްނަސް ދާއިރާއިން އާޓިފިޝަލް އިންޓެލިޖެންސްއެވެ.
ފަރާ ބުނީ ކުދިންނާއި ވަކިވާން ޖެހުނު ވަގުތަކީ ހިތްދަތިވި ވަގުތުކޮޅުތަކެއް ކަމަށެވެ. ފަރާގެ ޕޯސްޓަށް ބޮލީވުޑްގެ ފަންނަނާނުން ވަނީ ތަފާތު ކޮމެންޓުތައް ކޮށްފައި އެވެ.
އެގޮތުން ފަރާއަކީ އެންމެ ރަނގަޅު މަންމަ ކަމަށް ބުނި ފަންނާނުން ވަރަށް ގިނަ އެވެ. އަނެއް ބަޔަކު ބުނީ އެކުދިން ކިޔަވާ ނިމިގެން އެނބުނި އަންނާނީ އެންމެ ބޭނުންވާ ގޮތަށް ތައްޔާރުވެގެން ކަމަށް ކަމަށެވެ.
މީގެ ކުރިން ފަރާ ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުދީން ޔުނިވާސިޓީއަށް ފޮނުވުމަކީ ވަރަށް ބޮޑު ޚަރަދެއް ކަމަށާއި ޑައިރެކްޓިން ގެ ފުރުޞަތެއް ނެތް ދުވަސްވަރު ކައްކާ ދިލީޕާ އެކު ޔޫޓިއުބް ޝޯއެއް ފެށީ ވެސް އެ ސަބަބާ ހެދި ކަމަށެވެ. މި އަހަރު ކުރީކޮޅު ތިން ކުދީން ސުކޫލުން ގްރެޖުއޭޓުވުމާ ގުޅިގެން ވެސް ފަރާ ޖަޒުބާތީ ޕޯސްޓެއް ހިއްސާކޮށް ދަރީން ބޮޑުކުރުމާއި އެ ކުދީން ދޫކޮށްލުމާ ދެ ކަމުން ކުރެ ބޮޑީ ކޮން ކަމެއްކަން ނޭނގޭ ކަމަށް ލިޔެފައިވެއެވެ.
ފަރާ އާއި ފިރިމީހާ ޝިރީޝްއަށް ތިން ދަރިން ލިބިފައިވަނީ އައިވީއެފް މެދުވެރިކޮށް އޭނާގެ އުމުރުން 43 އަހަރުގައި 2008 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް