މަނީޝާ ދިވެއްސަކާއެކު -
އިންޑިއާގެ ޓީވީ ތަރި މަނީޝާ ރާނީ ޗުއްޓީއަކަށް
ރާއްޖެއައިސް ރާއްޖެ ޕްރޮމޯޓްކޮށްދީފިއެވެ.
ރިއާލިޓީ ޝޯތައް ކަމުގައިވާ ބިގްބޮސް، ޖަލަކް
ދިކްލާޖާ ފަދަ ޝޯތަކުން ފެނިގެންގޮސްފައިވާ އަދި 2022 އިން ފެށިގެން ގިނަ މިއުޒިކް
ވީޑިއޯތަކެއް ކުޅެފައިވާ މަނީޝާ ރާނީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގެ
ތެރޭގައެވެ.
އޭނާ ޗުއްޓީ ހޭދަކުރީ ސަން ސިޔާމް ވޯލްޑްގައެވެ.
ރާއްޖޭގައި ހޭދަކުރި ޗުއްޓީ މަނީޝާ ވަނީ އޭނާގެ
ޔޫޓިއުބް ޗެނަލްގައި ވްލޮގެއް ކޮށްފައެވެ. "ސެލްފް ލަވް ކާ ބެސްޓް ޑެސްޓިނޭޝަން
– މޯލްޑިވްސް" މި ނަމުގައި މަނީޝާ އަޕްލޯޑްކޮށްފައިވާ ވްލޮގްގައި ރާއްޖެއަށް
ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް