ހަށިގަނޑަށް ލިބުނު ގެއްލުން ތަކުން އަރައިގަނެ ރަކުލް ބުރަ ކަސްތަރު ކުރަން ފަށައިފި

ބޮލީވުޑް ތަރި ރަކުލް ޕްރީތް ސިންގް ގާތްގަނޑަކަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ބުރަ އަދި ވަރުގަދަ ކަސްރަތުތަކަށް މަޑުމަޑުން ރުޖޫޢަވާން ފަށައިފި އެވެ. ރަކުލް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޖިމްއ...

06 Sep 2026 | 11:40
ރަކުލް ޕްރީތް ސިންގް --

ރަކުލް ޕްރީތް ސިންގް --

ބޮލީވުޑް ތަރި ރަކުލް ޕްރީތް ސިންގް ގާތްގަނޑަކަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ބުރަ އަދި ވަރުގަދަ ކަސްރަތުތަކަށް މަޑުމަޑުން ރުޖޫޢަވާން ފަށައިފި އެވެ.

ރަކުލް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޖިމްއަށް ގޮސް ކަސްރަތު ކުރާ ވީޑިއޯ ހިއްސާކޮށްފައި އެވެ. އެ ވީޑިއޯގައި ރަކުލް ބުނީ ހީވަނީ މުޅިން އަލަށް ކަސްރަތު ކުރަން ފަށައިގެން އުޅޭހެން ކަމަށެވެ.

އޭނާ ބުނީ ހިތްވަރު އެލުވާނުލައި ކޮންމެ ދުވަހަކު ގޮސްގެން އަލުން ހަށިގަނޑު ބޭނުންވާ ގޮތަށް ބައްޓަން ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ރަކުލް ބުނީ ކުރިން ބުރަ ކަސްރަތުތައް ކުރި އިރު 20 ކިލޯ ލުއި ކޮށްލި ކަމަށެވެ. މިފަހަރުވެސް އެފަދަ އަމާޒެއް ހާސިލު ވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ރަކުލް ބުރަ ކަސްރަތު ކުރުން މެދުކަނޑާލަން ޖެހުނީ މައިބަދައަށް ގެއްލުންވެ ޑިސްކެއް ގުޑައިގެން ކަމަށް ރިޕޯޓުަތައް ބުނެ އެވެ.

ރަކުލް އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު މެއި މަހު ރިލީޒް ކުރި ފިލްމު "ޕަތީ ޕަތްނީ އޯރް ވޯ ދޯ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް