ދެކުނު ކޮރެއާގެ ރައީސްގެ ދެކަނބަލުން "ކަޕްލް ރިލޭޝަންޝިޕް ގޯލްސް" ގައި އާދައިގެ މާރުކޭޓެއްގައި!

ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިއުންގ އާއި އަނބިކަނބަލުން ކިމް ހެއާ ކެއުންގ ބާޒާރުކޮށް ވަގުތު ހޭދަކޮށްލަން އާދައިގެ މާރުކޭޓު ސަރަހައްދަކަށް ދިއުން ސަމާލު ކަމަށް އައިސްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދ...

06 Jul 2026 | 09:55
ސައުތް ކޮރެއާގެ ރައީސްގެ ދެކަނބަލުން --

ސައުތް ކޮރެއާގެ ރައީސްގެ ދެކަނބަލުން --

ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިއުންގ އާއި އަނބިކަނބަލުން ކިމް ހެއާ ކެއުންގ ބާޒާރުކޮށް ވަގުތު ހޭދަކޮށްލަން އާދައިގެ މާރުކޭޓު ސަރަހައްދަކަށް ދިއުން ސަމާލު ކަމަށް އައިސްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމަފިރި ކަނބަލުން ބާޒާރަށް ވަޑައިގެންނެވީ ވެރިރަށް ސޯލް އާއި ދުރުނޫން ސިޓީއެއް ކަމަށްވާ ސުވަންގެ ޕަލްޑަލްމަން މާކެޓަށެވެ. މި ދަތުރުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ސޯޝަލް މީޑީއާގައި މީހަކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ދެކަނބަލުން އެކި ސްޓޯލްތަކަށް ވަޑައިގެން ތަފާތު ކާއެއްޗެހީގެ ރަހަ ތަޖުރިބާ ކުރައްވާތަން ފެނިފަ އެވެ. އަދި މީހުންގެ އަތްތެރި މަސައްކަތްތައްތަކަށް ޝައުގުވެރިކަން ފާޅު ކުރައްވާ ތަކެތި ގަތް ކަމަށް ބުނެފައިވެ އެވެ.

މި ބާޒާރު ކޮށްލުމަށް ގިނަ ބަޔަކު ދިން ނަމަކީ  "ކަޕްލް ރިލޭޝަންޝިޕް ގޯލްސް" އެވެ. ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި ބާޒާރު ކުރުމުގެ ތެރެއިން އެންމެ ފާހަގަވީ އަނބިކަނބަލުން އެއްޗެއްގެ އަގު އޮޅުން ފިލުވާއިރަށް ރައީސްގެ ވޮލެޓުން ފައިސާ ނަގައި އެ އެއްޗަކަށް ފައިސާ ދެއްކުމެވެ.

މި ޒިޔާރަތުން ހިތްހަމަ ޖެހުން ލިބުނީ ރައީސްގެ ދެ ކަނބަލުންނަށް އެކަނި ނޫން ކަމަށް އާންމުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ތަކެތި ވިއްކަން ތިބި މީހުންނަށް ލިބުނު ބޮޑު އާމްދަނީގެ އިތުރުން ރައީސްގެ ހަރަކާތްތައް ފޮޓޯ ނަގަން ބޭނުންވެފައި ތިބި މީހުންނަށްވެސް މި ޒިޔާރަތް ރަނުގެ ފުރުސަތަކަށް ވިކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް