މުމްބާއީ ވިއްސާރައިގަ އަމީތާބްގެ ގެއަށް ފެންވަދެއްޖެ!

އިންޑިއާގެ މުމްބާއިއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަންގެ ގެ "ޖަލްސާ" އަށް ފެންވަދެއްޖެ އެވެ. މުމްބާއީގެ ޖޫހޫގައި ހުންނަ އަމީތާބުގެ ގެއަށް ފެން ވަންނަ ވީޑ...

06 Jul 2026 | 05:19
އަމީތާބު ބައްޗަންގެ ގޭގައި ފެންބޮޑުވެފައި --

އަމީތާބު ބައްޗަންގެ ގޭގައި ފެންބޮޑުވެފައި --

އިންޑިއާގެ މުމްބާއިއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަންގެ ގެ "ޖަލްސާ" އަށް ފެންވަދެއްޖެ އެވެ.

މުމްބާއީގެ ޖޫހޫގައި ހުންނަ އަމީތާބުގެ ގެއަށް ފެން ވަންނަ ވީޑީއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އެ ގެ ހިމެނޭ ސަރަހައްދުގައި ހުރި ފެން ހިންދާ ވަޅުގަނޑުތައް ފުރި އެ ގޭ ގޯތިތެރެއަށް ފެންގަނޑު ދެމިގަންނަން ނެގީ ކުޑަ ވަގުތުކޮޅެކެވެ.

މިކަމާއި ގުޅިގެން ގެއަށް ގެއްލުމެއް ލިބުނުކަން އަދި އަމީތާބު ހާމައެއް ނުކުރެ އެވެ. އެކަމަކު ފެން ވަތްކަން އޭނާ ބްލޮގް ގައި ކަށަވަރުކޮށްދީފައިވެ އެވެ.

އަމީތާބް ވަނީ މި ވިއްސާރައިގަވެސް މޫސުމަށް ބެލުމެއް ނެތި އޭނާގެ ސަޕޯޓަރުން ކޮންމެ އާދިއްތަ ދުވަހަކު ޖަލްސާ ކައިރިއަށް އެއްވާތީ ޝުކުރު އަދާކޮށްފައި އެވެ. އޭނާ ބުނީ ދުވަހަކުވެސް އެމީހުންނާއި ސަލާމަތްކޮށްލައި އޮޓޯގްރާފްދީ ނުހެދިނަމަވެސް ލޯތްބާއި އެކު އޭނާ ދެކިލަން އަންނަކަމީ ސަޕޯޓަރުންނަށް ކުރާ އިހުތިރާމު އިތުރުވެގެންދާ ކަމެއް ކަމަށެވެ.

އަމީތާބު ބުނީ މުމްބާއީގެ މޫސުމީ ވިއްސާރައަކީ އަސަރު އެންމެންނަށް ކުރާ ކަމެއް ކަމަށެވެ. އެގެއަށް ފެން ވަތް ގޮތަށް ދަނޑުވެރިންނަށްވެސް އެ އުނދަގޫ ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.

އަމީތާބްގެ ކުރިޔަށް ހުރި މަސައްކަތްތަކަށް ބަލާއިރު ދެން ފެނިގެންދާނީ ބްލޮކްބަސްޓާ ފިލްމު ކަލްކީ 2898 އޭޑީގެ ދެވަނަ ބައިންނެވެ. ނާގް އަޝްވިން ޑައިރެކްޓްކުރާ މި ފިލްމުގައި ޕްރަބާސް އާއި ކަމަލް ހާސަން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ފުރަތަމަ ބައިގައި ހަރަކާތްތެރިވި ދީޕިކާ ޕަދުކޯން ދެވަނަ ބައިގައި ނުހިމެނޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް