ކަރިޝްމާ އާއި ފިރިމީހާ --
އިންޑިއާގެ ޓީވީ ޑްރާމާތަކުން ބޮޑު މަގުބޫލު ކަމެއް ހޯދި ކަރިޝްމާ ތަންނާގެ ފިރިހެން ދަރިފުޅުގެ ނަން ހާމަކޮށްފި އެވެ.
ބަތަލާ ކަރިޝްމާ ޓަންނާ އާއި ފިރިމީހާ ވަރުން ބަންގޭރާ އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ ޖުލައި 29 ވަނަ ދުވަހު އެވެ.
ދަރިފުޅަށް ކިޔަނީ ވެދް ތަންނާ ބަންގޭރާ ކަމަށް ކަރިޝްމާ އިއުލާނު ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ކަރިޝްމާ ދަރިފުޅުގެ ނަން އިއުލާނު ކުރި އިރު އަދި މީޑިއާއަށް ދަރިފުޅު ދައްކާލާފައެއް ނުވެ އެވެ. ވިހޭކަން އިއުލާނު ކުރުކުމުގެ ގޮތުން ދެމަފިރިން ވަނީ ދަރިފުޅުގެ ފައިތިލަ ފެންނަ ކަޅާއި ހުދުގެ ފޮޓޯއެއް ހިއްސާކޮށް ކޮށްފައި އެވެ.
ކަރިޝްމާ ގޭތެރޭގެ ނަމަކަށްވެ އާންމުންގެ ތެރޭގައި ވިދާލީ ޑްރާމާ ސިލްސިލާ "ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ" އިންނެވެ.
ކަރިޝްމާ އާއި ވަރުން ލޯބީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރު ފެޝަން ޑިޒައިނާ މަނީޝް މަލްހޯތްރާ މެދުވެރިވެގެންނެވެ. ދެމީހުން ކައިވެނި ކުރީ 2022 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް