މަލައިކާ އާއި އަރްބާސްގެ ދަރިފުޅު އަރްހާން އެކްޝަން ފިލްމަކުން ބޮލީވުޑަށް ނުކުންނަނީ!

ބޮލީވުޑް އެކްޓަރު އަރްބާޒް ޚާނާއި ބަތަލާ މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ޚާން އެކްޝަން ފިލްމަކުން ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަރްހާން އެންމެ ފުރަތަމަ ފެނި...

05 Sep 2026 | 06:07
އަރްހާން ހާން --

އަރްހާން ހާން --

ބޮލީވުޑް އެކްޓަރު އަރްބާޒް ޚާނާއި ބަތަލާ މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ޚާން އެކްޝަން ފިލްމަކުން ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަރްހާން އެންމެ ފުރަތަމަ ފެނިގެންދާނީ ޑައިރެކްޓަރު އަނިރުދާ އަޔާ ތައްޔާރުކުރާ ފިލްމަކުންނެވެ. އެހެންނަމަވެސް ފިލްމުގެ ނަމާއި އަރްހާން ފެނިގެންދާނެ ރޯލާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޑައިރެކްޓަރު އަނިރުދާ އަޔާ އަކީ ކުރިން އާޔުޝްމަން ކުރާނާއާއި ޖައިދީޕް އަހްލާވަތު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "އެން އެކްޝަން ހީރޯ"ގެ ޑައިރެކްޓަރެވެ.

ފަހަކަށް އައިސް ބޮލީވުޑުގެ ޙަފުލާތަކާއި ޕާޓީތަކުން އަރްހާން ގިނައިން ފެންނަމުން ދެއެވެ. ބައްޕަ އަރްބާޒާއި މަންމަ މަލައިކާގެ ފިޔަވަޅުމަތީން ފިލްމީ ދާއިރާއަށް ނުކުންނަން އޭނާ ދަނީ ތައްޔާވަމުން ކަމަށް މި ފެނުންތަކާއި އެކު އަޑު އެރިއެވެ.

ނަމަވެސް އަރްހާން އަމިއްލައަށް ވެސް އޭނާގެ މައިންބަފައިންގެ ފަރާތުން ވެސް ނުވަތަ ޑައިރެކްޓަރުގެ ފަރާތުން ވެސް ރަސްމީ އިޢުލާނެއް އަދި ކޮށްފައެއް ނުވެއެވެ.

ކުރީގައި ވެސް އަރްހާންގެ ފިލްމީ ދާއިރާއަށް ވަންނަން އުޅޭ ކަމަށް ބުނެ އަޑުފެތުރުނެވެ. ފިލްމް މޭކާ ވިކްރަމް ފަޑްނީސް އަރްހާނާ އެކު ސޯޝަލް މީޑިއާގައި ފޮޓޯއެއް ޢާންމުކުރި ހިސާބުން ފިލްމީ ދާއިރާއާ އޭނާ ގުޅެން އުޅޭ ކަމުގެ އަޑުތައް ގަދަވިއެވެ.

ދަރިފުޅުގެ ފިލްމީ ދާއިރާގެ ކެރިއަރާ ގުޅޭ ގޮތުން އަރްބާޒް މީގެ ކުރިން ބުނީ އަރްހާނަށް ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެ ކަމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ ސްކްރިޕްޓް އެހެން ފަރާތަކާ ހަމައަށް ކުރީން ފޯރި ނަމަވެސް އެ ބެލުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް