އާމިރު ހާން ކައިވެނިކޮށްފި، ހަފްލާގައި ބައިވެރިވީ އެންމެ 150 އެއްހާ މީހުން!

ބޮލީވުޑްގެ ބަތަލް އާމިރު ހާން, ލޯބިވެރިޔާ ގޯރީ ސްޕްރެޓާ އާއި ކައިވެނި ކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ މުމްބާއީގެ ބަންދްރާގައި ހުންނަ އާމިރުގެ ގޭގައި އެވެ. ދެ މީހުން ކައިވެނީގެ ރެޖިސްޓްރީގައި ސޮއި ކު...

05 Jul 2026 | 11:13
އާމިރް ހާންގެ ކައިވެނި ހަފްލާގެ ތެރެއިން --

އާމިރް ހާންގެ ކައިވެނި ހަފްލާގެ ތެރެއިން --

ބޮލީވުޑްގެ ބަތަލް އާމިރު ހާން, ލޯބިވެރިޔާ ގޯރީ ސްޕްރެޓާ އާއި ކައިވެނި ކޮށްފި އެވެ.

މި ރަސްމިއްޔާތު އޮތީ މުމްބާއީގެ ބަންދްރާގައި ހުންނަ އާމިރުގެ ގޭގައި އެވެ. ދެ މީހުން ކައިވެނީގެ ރެޖިސްޓްރީގައި ސޮއި ކުރާ މަންޒަރާއި އެކު ހަފްލާގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި އެވެ.

އާމިރު މީޑިއާގައި ބުނެފައިވަނީ ކައިވެނި ހަފްލާ ބޮޑުކޮށް ނުބާއްވާނެ ކަމަށެވެ. ހަފްލާގައި ބައިވެރިވާނީ ދެފަރާތު އާއިލާ އާއި ވަރަށް ގާތް ރައްޓެހިން ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހަފްލާގައި 150 އެއްހާ މީހުން ބައިވެރިވި އެވެ.

މި ދުވަސްވަރު މުމްބާއީއަށް ވަރަށް ވިއްސާރަ ދުވަސްވަރެއް ނަމަވެސް ކައިވެނީގެ ތައްޔާރީތަކާއި ހަފްލާއަށް އެކަމުން ހުރަސް އެޅިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާމިރު މިފަހަރު ކައިވެނި ކުރި ގޯރީ އަކީ ވިޔަފާރިވެރި އެކެވެ. އަދި އޭނާ އަކީ ޓަމިލް ނާޑުގައި އިނގިރޭސިން ވެރިކަން ކުރުމާއި ގުޖުރާތުގައި އައިރިސް އަތްގަދަކޮށްގެން އުޅުނު ދުވަސްވަރު އުފެދުނު އާއިލާއަކަށް ނިސްބަތްވާ މީހެވެ.

އާމިރު ހާނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ގުޅުން ލޯތްބައް ބަދަލުވީ 25 އަހަރަށް ފަހު 2024 ވަނަ އަހަރު ބައްދަލުވި ހިސާބުންނެވެ. ރަސްމީކޮށް ލޯބިވެރިޔާގެ ގޮތުގައި ގޯރީ ނޫސްވެރިންނަށް ތައާރަފުކޮށްދިނީ މިދިޔަ އަހަރު ފާހަގަ ކުރި އާމިރުގެ 60 ވަނަ އުފަން ދުވަހު އެވެ.

އާމިރާ މީގެ ކުރިން ދެ ކައިވެނި ކޮށްފައިވަނީ ރީނާ ދުއްތާ އާއި ކިރަން ރާއޯ އާއި އެވެ. އެ ކައިވެނިތަކަށް ތިން ކުދިން އެބަތިއްބެވެ.

ގޯރީވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާއިރު އެ ކައިވެންޏަށް ދަރިއަކު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް