ރަންވީރު ދީޕިކާއަށް ޕްރޮޕޯޒް ކުރީ ރާއްޖޭގެ ފިނޮޅެއްގައި !

ބޮލީވުޑް ބަތޮލު ރަންވީރު ސިންގް ބޮލީވުޑް ބަތޮލާ ދީޕިކާ ޕަޑުކޯނަށް ޕްރޮޕޯޒްކުރީ ރާއްޖޭގެ ފިނޮޅެއްގައިކަން ހާމަކޮށްފިއެވެ. ރަންވީރު އެކަން ހާމަކޮށްފައިމިވަނީ ކަރަން ޖޯހަރުގެ ކޮފީ ވިތު ކަރަން ޕްރޮގްރާމްގ...

05 Jan 2026 | 12:47
ރަންވީރު އަދި ދީޕިކާ -

ރަންވީރު އަދި ދީޕިކާ -

ބޮލީވުޑް ބަތޮލު ރަންވީރު ސިންގް ބޮލީވުޑް ބަތޮލާ

ދީޕިކާ ޕަޑުކޯނަށް ޕްރޮޕޯޒްކުރީ ރާއްޖޭގެ ފިނޮޅެއްގައިކަން ހާމަކޮށްފިއެވެ.

ރަންވީރު އެކަން ހާމަކޮށްފައިމިވަނީ ކަރަން ޖޯހަރުގެ

ކޮފީ ވިތު ކަރަން ޕްރޮގްރާމްގައެވެ.

އެ މަޢުލޫމާތު ހާމަކުރަމުން ރަންވީރު ބުނެފައިވަނީ

ދިޕިކާއަށް ހިތް ލެނބުނީ ސަންޖޭ ލީލާ ބަންސާލީގެ ރާމްލީލާގެ މަސައްކަތުގެ ތެރެއިން

ކަމަށެވެ.

"މިއީ އަހަންނަށް އެންމެ ރަނގަޅު މީހާ ކަމުގެ އިހުސާސް

ކުރެވުނު، އެހެން މީހަކު ޖަހައިގަތުމުގެ ކުރިއަށް ހުށަހަޅަން ބޭނުންވި"

ރަންވީރު ބުނެފައިވެއެވެ.

އެގޮތުން ފިލްމަށްފަހު ރާއްޖެއަށް ކުރި

ދަތުރެއްގައި ރިސޯޓުން ފިނޮޅަކަށް ދިޔަ ވަގުތު، ވަގުތު ގެއްލުވާނުލާ ކައިވެންޏަށް

ހުށަހެޅީ ކަމަށާއި ހަމަ ވަގުތުން ދިޕިކާ އެއްބަސްވެސް ވި ކަމަށް ރަންވީރު ބުނެފައިވެއެވެ.

އުމުރުން މިހާރު 40 އަހަރުގެ ރަންވީރު ދީޕިކާ އާއި

ކައިވެނި ކުރީ 2018 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް