| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި |
އާދުވަހަކައް އިރު އަރައިގެން ގޮސް އިރު އޮއްސުނު އިރުވެސް މާކިންގެ ހަބަރެއް ނުވިއެވެ. ތަކުރާރުކޮށް މާކިންގެ ފޯނަށް ތާރާއަށް ގުޅުނު ވަރުވެސް ނޭނގެއެވެ. އޭރުއްސުރެ މާކިންގެ ފޯނު އޮންނަނީ ނިވާލާފައެވެ.
ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ތާރާއަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ.
"ކޮންމެސް ކަމެއް މާކިންއަށް ވެއްޖެ.. ނޫނީ އަހަރެން މިއަދު އެހާބައިވަރު ރުފިޔާދޭން ބުނީމަ މާކިންއަށް އައި ބަދަލެއްތަ ތީ... އޭގެ ފަހުން މާކިން ފޯނު ނިއްވާލާފަ އެއޮންނަނީ... ނޫން ނޫން.. މާކިންއަކަށް އެހެންނެއް ނުވާނެ.. އެއަށްވުރެ މާކިން އަހަރެންދެކެ ލޯބިވޭ.. ވިސްނުމުގެ ތެރޭގައި ހުރެ ތާރާއަށް އެދުގައި އިށީދެވުނެވެ. .. މިއަދު މާކިން އަންނަން ބުނި ގަޑިވެސް ފަހަނަ އަޅާދިޔައީއެވެ.
**
ފަރިތަ ކަމާއެކު އަރުކަން ކާރު ދުއްވަމުން ދިޔައީ ތަމަން ކިޔަވަންދާ ޔުނިވާސިޓިއާ ދިމާލަށެވެ. ކާރު އައިސް މަޑުކޮއްލި އިރު ތަމަން ނިކުމެގެން އަންނަނީއެވެ. މިވީ ކުޑަ ދުވަސްކޮޅުތެރޭ އަރީންއާއި ތަމަންއާ ދޭތެރޭ ނުއުފެދޭ އެކުވެރިކަން އަރުކަން އާ ތަމަންވަނީ އުފެދިފައެވެ. އެކުގައި ބާޒާރު ކުރަން ދިއުމާއި ރެސްޓޯރެންޓްތަކަށް ދިއުން ގިނަވަމުން ދިއައެވެ. ކިރިޔާ ކުޑަކަމެއް ވާއިރަށްވެސް ތަމަންއަށްވެސް އެންމެ ފުރަތަމަ އެކަމެއް ހިއްސާ ކުރެވެނީ އަރުކަންއާއެވެ.
ތަމަން ކާރަށް އެރުމާއެކު އަރުކަން ކާރު ދުއްވާލިއެވެ. 'މިއަދު އެއްކަލަ ތަނަން ގޮސްފަ ދޯ! ދާނީ' އެދުވަހު އެ ކޭ ފަހުން އަހަރެން އަބަދު އެ ކާހިތްވަނީ.. އަލަށް އަދި އެ މި ކެއީވެސް ކޮންނަމެއްތަ އެއަށް ކިޔަނީ.. އަރުކަން ބުނެލިއެވެ.
ނޭނގެ ވަރަށް ފާޑެއްގެ ނަމެއްދޯ އަހަރެންވެސް މިހާރު އޭގެ ނަމެއް ހަދާނެއްނެށް.. އެކަމަކު ވަރަށް މީރު.. ތަމަން ވެސް އަރުކަންގެ ވާހަކައާއި ބައިވެރިވެލަމުން ބުނެލިއެވެ.
އިރުއޮއްސެން ގާތް ވެފަވަނީކޮއް ރެސްޓޯރެންޓުން ނިކުމެގެން ދެމީހުން ގެއާ ދިމާލައް މިސްރާބުޖެހިއެވެ.
އާޝާ ހާދަ ލަސްވީ... ހިނގާ އަވަހަށް ސައިބޯންދާން..." ތަމަންގެ އިންތިޒާރުގައި ސިޓިންގްރޫމުގައި އިން ފަޒްލާ އަށް ތަމަން ފެނުމާއެކު ބުނެލިއެވެ
"ދައްތާ ސައިބޯހިތެއް ނެތް..،ވަރަށް ފުލް، ތަމަން ބުނެލިއެވެ.
'.ބޭރުން ކައިގެން ދޯ މިއަދުވެސް ދެމީހުން ތިއައީ.. ފަޒްލާ އަރުކަންއާ ދެމީހުންނަށް ބަލައިލަމުން ބުނެލިއެވެ.
އެންމެ ރަގަޅު ދެންދޭ ފޮތްތައް ބަހައްޓާފަ އެއްޗެހި ބަދަލްކޮއްލައިގެން އަންނަން..،ފަޒްލާ އެހެން ބުނުމުން ތަމަން ބޯ ޖަހާލަމުން ސިޑިން އަރައިގެން ދިޔައިރު އަރުކަން ހުރީ ތަމަންއަށް ބަލާށެވެ.
**
ދުވާލުގެ ބުރަމަސައްކަތައްފަހު ކޮންމެ މީހެއްވެސް ނިދީގެ އަރާމު ލިބިގަންނަމުން ދިޔައެވެ. ނަމަވެސް ނިންޖެއް އަރާމެއް ހަށިގަޑައް ދިނުމެއްނެތި ތާރާގެ ރޭތަކާ ދުވާލުތައް ވޭތު ކުރަމުން އެދަނީ އެންމެ ލޯބިވާ މީހާގެ ހަނދާނުގައެވެ.
ފަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް މާކިންގެ އެއްވެސް ހަބަރެއް ނުވިތާ ފޯނުވެސް އަދިވެސް އޮންނަނީ ނިވާލާފައެވެ.
ވިސްނާ ވިސްނާ ތާރާގެ ބުއްދިފިލާވަރުވެއްޖެއެވެ. އެނދުމަތީ ބަންޑުން ބާލީހެއްގެ ތެރެއަށް މޫނުލައިގެން އޮއް އިރު މަޑު މަޑުން ފިއްތަމުން ދިޔަ ތުންފަތުން ރުއިމުގެ އަޑު ނިކުންނަން ފެށިއެވެ. އިސާހިތަކު މުޅި ކޮޓަރިތެރެއަށް މަޑު ގިސްލުމެއްގެ އަޑު ފެތުރިގެން ދިޔައެވެ.
މާކިން ކީއްވެ...، ކީއްވެ އަހަރެންނައް ތިހެން ތިހެދީ..، އަހަންނަށް މަޖުބޫރު ނުކުރޭ އެހެން މީހަކާ އިންނަން.. އަހަރެންނައް މާކިންއާ ނުލާ ނޫޅެވޭނެ.. އެކަމަކު މާކިން އަހަންނަށް ތި މަޖުބޫރު ކުރަނީ އެހެން މީހަކާ އިންނަން ...، އަހަރެންގެ ހެޔޮހިތުން އަހަރެންގެ ހިތާ ހަށިގަނޑު އެހެން މީހަކަށް ދޭނީ ކިހިނެއް..، އަހަންނަށް އެހެން މީހަކާއެކު ނޫޅެވޭނެ މާކިން ...،،އަހަންނަށް ތިހެން ނުހަދާ އާދޭސް މިކުރަނީ..
ފަތިސްނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ގަދަކަމުން ކަރުނަތަ ފޮހެލުމައްފަހު ތާޜާ އެދުން ތެދުވިއެވެ. ރޭގެ ހަތަރުދަން ނުނިދާ ރުއިމުގެ ސަބަބުން ބޮލުގައި ރިހުމެއް ހުއްޓެވެ.
ފާހާނާއަށް ވަދެ ވުޟޫ ކޮއްލައިގެން އައިސް ތާރާ ނަމާދަށް އެރިއެވެ.
ސަލާން ދިނުމައްފަހު ތާރާ ދެއަތް އުފުލާލީ އޭނަގެ ހާލު އެންމެ މޮޅައް ދެނެވޮޑިގެންވާ ރަސްކަލާންގެ ހަޟުރަތައް ދުއާދެންނެވުމައްޓަކައެވެ.
ދެއަތް އުފުލާލައިގެން އިންއިރު ތާރާދެލޯ ކަރުނުން ފުރެމުންދިޔައެވެ.
އެހެން ދުވަސް ދުވަހު ފަތިސް ނަމާދު ކޮއްލައިގެން ބޭރަށް ނިކުންނަ ތާރާއަށް މިއަދު ބޮލުގައި ހުރި ރިހުމުން އެދުގައި އޮށޯވެލިއެވެ.
ހަށިގަނޑަށާއި ހިތަށް ކޮއްފައިވާ އަސަރުން ތާރާގެ ލޮލަށް ނިދި ސަވާރަވާން ނެގީ މަދު ވަގުތުކޮޅެކެވެ.
ހެނދުނު ދިހައެއް ޖަހާ ދިޔައިރުވެސް ތާރާގެ ހަބަރެއް ނުވިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެނީ ޖެހިލުންވެ ހުރެއެވެ.
ނިޔާޒް ކިތަންމެ ތާރާއަށް ވީ ގޮތް ބަލަން ބޭނުމަސް މީހެއްގެ އެހީއާ ނުލާ އެވަރުވެސް އޭނާ އަށް ނުވާނެއެވެ.
ކުއްލިއަކައް ކޮޓަރި ދޮރު ހުޅުވާލިއިރައް ނިޔާޒް އެދިމާލައް ބަލާލިއެވެ. ކޮޓަރީ ދޮރު ލައްޕާލުމައްފަހު ނިޔާޒްއާ ދިމާލައް ތާރާ ހިނގައިގަތެވެ.
ތާރާއާ ދިމާއަށް ބަލަން އޮތް ނިޔާޒްއަށް ފުރަތަމަވެސް އަޅައިގަތީ ތާރާގެ ދުޅަވެފައިވާ ދެލޮލެވެ. ލޮލަށް ބަލާލުމުން ރޭ ހަތަރުދަމު ތާރާ ރޮއިފަ ހުރިކަން ނަގައިގަންނާކަށް ނިޔާޒްއަށް އުދަގުލެއް ނުވިއެވެ.
ބައްޕާ މިއަދު ހަމަ ނުހޭލެވުނީ.. ވަރަށް އަވަސް ކޮއްލައިގެން އެބަ އަންނަން ކާއެއްޗެއް ހިފައިގެން..، ތާރާ ނިޔާޒްއާ ވާހަކަ ދެއްކި އިރު އޭނާއާ ދިމާއަށް ނުބަލަން އުޅޭކަން ނިޔާޒް އަށް ފާހަގަ ވިއެވެ.
އެއްވެސް އެއްޗެއް ބުނާނެހާ ހިތްވަރެއް ނިޔާޒް އަށްނުލިބުނީ އެހެންވެއެވެ.
ނިޔާޒް ތާރާއާއި ދިމާލައް ބަލަހައްޓައިގެން އޮއްވައި ތާޜާ އަވަސް ފިޔަވަޅުތަކެއްގައިގޮސް ބަދިގެއަށް ވަނެވެ.
"މިހާރު މިގޭން މެންދުރުވާއިރުވެސް ސައިކޮޅެއް ނުލިބޭ...، ކިތަންމެ ވަރައް ރުޔަސް ތި މާކިންއެއް ދެން ނާންނާނެ..، އަހަރެން އޭރުވެސް ބުނިން ...، އަދިވެސް ރަށަށް އަރާހާ ބީރައްޓެއްސެއް ފަހަތުން ދުވާތި،..، އޭނަ ތާރާއަށް މޮޅެތި ހުވަފެން ތަކެއް ދައްކާފަ އޭނަބައްޕަ މެން ދެއްކި މީހަކާ އިންނަން އެބައުޅޭ...،
ސަލާމް މަލާމާތުގެ ގޮތަކައް ބުނެލިއެވެ.
ސަލާމް އެދައްކަނީ ދޮގުވާހަކަ ތަކެކޭ ބުނަން ހިތް ކިތަންމެ ބޭނުންވިޔަސް މިއަދު އެއަށް ރައްދުދޭކައް ތާރާ ބޭނުމެއްނުވިއެވެ.
އަހަރެން ހަވީރު ފުރަން މިއުޅެނީ އޭގެ ކުރިން އަހަރެން ލާރި ބޭނުން...، އެހެން ބުނެ ސަލާމް ބަދިގެ ދޮރުން ނިކުންނަން ހިނގައިގަތެވެ.
ސަލާމް ގޮސްފިނަމަ ބައްޕަގެ ކަންތައް ކުރާނެ އެއްވެސް މީހެއް ނުހުންނާނެއެވެ. އެކަންތަކާ ވިސްނާ ބައްޕައަށް އެއްވެސް ގޮތެއްވާކައް ތާރާ ބޭނުމެއްނުވެއެވެ. ބައްޕައަށްޓަކާ ތާރާގެ މުޅި ހަޔާތްވެސް ގުރުބާން ކޮށްފާނެއެވެ..
ކިތަންމެ ވަރެއްވިޔަސް ނިޔާޒް ދުލުން ކައިވެންޏައް މަޖުބޫރު ނުކުރާނެކަންވެސް ތާރާއަށް އެނގެއެވެ..
'.އަހަރެން ސަލާމްއާ އިންނަން ގަބޫލް...،ދޮރުންނިކުމެ ނިކުމެހުރި ސަލާމްއަށް ހުރި ފިޔަވަޅު މަތީ ހުއްޓެވުނެވެ.
ހަމަ ތެދެއްތަ ތާރާ އަހަރެން މިއަދު ހާދަ އުފާވެއްޖޭ.. ދުވެފައި ތާޜާއާއި ދިމާލައް އާދެވުން ގޮތްވެސް ސަލާމްއަށް ނޭގުނެވެ.
އަހަރެން އެއްވެސް ރުފިޔާއެއް ބޭނުމެއްނޫން..، އަހަރެން އެހެން ބުނީ ތާރާއަށް އެއްޗެއް ވިސްނަދޭން އަހަރެން އެހާވެސް ނިޔާޒްދެކެ ލޯބިވޭ..، އަހަރެން ނިޔާޒްއަށް އެހީވާން މުޅި އުމުރައްހުންނަން ބޭނުން:،
''އެކަމަކު ތާރާ'،، !! އަހަންނަށް ފެންނަނީ ތާރާ ބައްޕަގާތު މިވާޙަކަ ދައްކަން އަހަރެން މިވާހަކަ ދެއްކިޔަސް ބައްޕަ ގަބޫލެއް ނުވާނެ..،އެކަމަކު ތާރާ ބުނެފިއްޔާ ބައްޕަ ގަބޫލް ވާނެ..،
އަހަރެން ބައްޕައާ ވާހަކަ ދައްކާނަން.،، ތާރާ އެހެން ބުނެ ސަލާމްއަށް ފުރަގަސް ދިނެވެ.
ލިބުނު ކާމިޔާބީގައި ބަދިގެ ތެރެއިން ނިކުމެގެން ދިޔަ ސަލާމް ދުވަހަކުވެސް ހިނިތުން ނުވާވަރަށް އެމޫނުމަތިވަނީ އުޖާލާވެފައެވެ.
ސަލާމް ނިކުމެގެން ދިއުމުން ތާރާ އަށް ގޮޑިއަށް ތިރިވެވުނެވެ. މޭޒްމަތީ ބޯޖަހައިގެން އޮވެ އެތައް އިރަކު ރޮއެވުނެވެ.
ކަރުނައަކީ އިންސާނާގެ ލުލުން ހުސްވާނެ އެއްޗެއްނަމަ މިހާރު ތާރާގެ ލޮލުން އޮހޮރޭނެ ކަރުނައެއް ނުހުންނާއެވެ.
މިވީ ކުޑަދުވަސްކޮޅުގައި އެދެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ފާއިތުނުވެއެވެ.
ސިންކް ކައިރިއަށް ޖެހިލާ އިސްކުރު ދޫކޮށްލުމަށްފަހު މޫނުދޮވެލީ ނިޔާޒްއަށް ނާންގަންވެގެންނެވެ،
ޓިޝޫއަކުން މޫނު ފޮހެލުމަށްފަހު މޮޑެފައި ހުރި ރޮށިތައްޓައް ސަމުސަލެއް ލައިގެން ތާރާ ކާގެއިން ނިކުތެވެ.
ސިޓިންގްރޫމްގައި ނިޔާޒްއޮންނަ އެނދު ކައިރީގައި ހުރި ގޮނޑީގައި ތާރާ އިށީނުމާއެކު ނިޔާޒް ތާރާއަށް ބަލާލިއެވެ.
'ދަރިފުޅު ބަލީތަ މިއަދު".. ތާރާ ނުބުނާނެކަން އެނގޭ އިރުވެސް ނިޔާޒް ސުވާލު ކޮއްލިއެވެ.
ރޭގަ ކޮއްކޮއާ ވާހަކަ ދައްކަން އޮވެފަ ނިދުނީ ވަރަށްލަހުން .އެހެންވެ ނުހޭލެވުނީ.. ތާރާ ހަގިގަތް ފޮރުވަމުން ބުނެލިއެވެ.
ބައްޕާ!! އަހަރެން މީހަކާ އިންނަން ބޭނުން..، ތާރާ ބުނަންނުކެރި ހުރެވެސް ބުނަން މަޖުބޫރުވީއެވެ.
'ހަމަ ތެދެއްތަ ދަރިފުޅާ! ބައްޕަ ހާދަ އުފާ ވެއްޖޭ..،، ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދަރިފުޅު ކައިވެނިކުރަން.،، ދަރިފުޅު ކުއްޖަކާ ރައްޓެހިވި އިރު ބައްޕައަށް ނުވެސް އެނގޭ،، ބައްޕަ ބޭނުން ހަމަ މިއަދު އެކުއްޖަކާ ބައްދަލް ކުރަން..،ނިޔާޒް ހިތަށް ލިބުނު ހަމަޖެހުމުން ނިޔާޒް އެހެން ވާހަކަ ދެއްކި އިރު ތާރާއަށް ބައްޕަ އެކަމައް ބޭނުންވެފަ ހުރިވަރު އެނގުނެވެ.
ބައްޕާ އަހަރެން ބޭނުންވަނީ ސަލާމްއާ އިންނަން..،ތާރާގެ އެ ޖުމްލައިން ނިޔާޒްގެ މޫނު ހުދުވެގެން ދިޔައެވެ. އެމަންޒަރު ތާރާއަށްވެސް ރިތިކޮއްފެނުނެވެ.
ދަރިފުޅާ!! ނިޔާޒްއަށް އަޑަށް ބާރުލަމުން ބުނެވުނެވެ.
ބައްޕާ މީ އަހަރެން ބޭނުންވެގެން އެއްވެސް މީހެއް އަހަރެންނައް މަޖުބޫރެއް ނުކުރޭ..، ބައްޕަ ގަބޫލް ނަމަ އަހަރެން ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުން...، ތާރާ ކަރުނަ ތައް އެތެރެއަށް ހިންދާލަމުން ބުނެލިއެވެ.
ތާރާގެ ވާހަކަ ނިޔާޒްއަށް ގަބޫލް ކުރާކަށް މާފަސޭހައެއް ނުވިއެވެ. ނަމަވެސް ތާރާ މާވަރަށް އެކަމަށް ކިޔަންފެށުމުން ނިޔާޒް އެކަމާ އެއްބަސްވިއެވެ،
ތާރާ ތެދުވެގެން ގޮސް ބަދިގެތެރެއަށް ވަދެވުމާއެކު އެއްވެސް ހިފެހެއްޓުމެން ނެތި ކަރުނަތައް ފައިބަން ފެށިއެވެ.
ބައްޕާ އަހަރެންނައް މާފްކުރޭ..، އަހަރެންނައް ބައްޕައަށް ވުރެ އެއްވެސް ކަމެއް މުހިންމެއްނޫން، މިއަދު އަހަރެންނަން މިގޮތައް ކަންތައް ކުރަން މަޖުބޫރު...، .،ތާރާ ގިސްލަމުން އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ.
ނިޔާޒް ކައިރީ ސަލާމް އިށީންދެ އިންއިރު ނިޔާޒް އެކި އެކި ސުވާލް ސަލާމްއާއި ކުރިއެވެ. ބޭނުންވަނީ ތާރާ އެދެއްކީ ތެދުވާހަކައެއްތޯ ބެލުމެ...، ހިތުގެ ކަނަކުން ބުނެދެމުންދިޔައީ ތާރާ އެހަދަނީ ދޮގުކަމެވެ.
އަހަންނާ ތާރާ ރައްޓެހިވެގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ..، އަހަރެންނައްވެސް ތާރާއަށްވެސް މިވާހަކަ ދައްކަން ނުކެރުނީ ނިޔާޒް ދެކޭނެ ގޮތެއްނޭގޭތީ..،
ސަލާމް ދޮގަކައްފަހު ދޮގެއް ހަދަމުން ދިޔައިރު ނިޔާޒްއަށް އެކަން ގަބޫލްކުރަން މަޖުބޫރުވީއެވެ.
ތާޜާވެސް ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން ..، އެހެންވެ ނިޔާޒް ގަބޫލް ނަމަ އަހަރެން އެންމެ ދުވަހެއްވެސް މަޑުކުރާކައް ބޭނުމެއްނޫން...،ސަލާމް އެހެން ބުނެލުމުން ނިޔާޒް އެކަމާގަބޫލްވެ ބޯޖަހާލިއެވެ.
މާކިންގެ ފަރާތުން ދެން އެދެމެދަށް އެއްވެސް ހުރަހެއް ނެއްކަން އެނގޭއިރުވެސް ސަލާމް އެއްމެ ވަގުތުކޮޅެއްވެސް ލަސްކުރާކައް ބޭނުމެއްނުވެއެވެ.
ތާރާ ކަހަލަ ރީތި ކުއްޖެއް ލިބުން އެއީ ސަލާމް ދުވަހަކު ހުވަފެނުންވެސް ދެކުންކަމެއް ނޫނެވެ.
ސަލާމް ބޭނުންވާގޮތަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދިޔައިރު ފާއިތުވެގެންދިޔަ ކޮންމެ ވަގުތެއް ފާއިތުވީ ތާރާގެ ހަޔާތައް ކަޅު ވިލާގަނޑަކުން އަނދިރި ކުރުވަމުންނެވެ.
ތަމަންއާއި ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން ތާޜާ ފޯނު ނިއްވާލުމައްފަހު އަލަމާރީގެ އެންމެ އެތެރެއަށްލައި ފޮރުވިއެވެ. އެގޮތައް ކަންތައް ކުރިއިރު ތަމަންއަށް ވާނެ ވަރު އެނގި ހުރެވެސް އެކޮއްކޮއަށް އޭނަގެ ދިރިއުޅުމަށް އެދިމާވި ކަންތައް ތައް އެނގި އެއަށްވުރެ ދެރަވާނެކަން ތާޜާއަށް އެނގެއެވެ.
ސަލާމް ބޭނުންވި ގޮތައް ރަން ކިޔުމައްފަހު ހަތްވަނައަށް ވީ ދުވަހު ކައިވެނި ކުރުމަށްޓަކާ ތާރާއާއި އެކު ސަލާމް މޭޒް ދޮށުގައި އިންއިރު ކުޑަވަގުތުކޮޅަކައްވެސް ސަލާމްގެ ދަތްޕިލަ ފޮރުވޭވަގުތެއްނާދެއެވެ.
މިހާރުންސުރެ ވިސްނެމުންދިޔައީ އެ ޖާދުލެއްފަދަ އަންހެންކުއްޖާ އޭނަގެ އަތުތެރޭގައި އޮންނާނެ ގޮތެވެ.
ގާޒީ އާއި ދެހެކިވެރިން މޭޒް ދޮށުގައި އިށީނުމާއެކު ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ދިޔައެވެ. .
މޭޒް ދޮށުގައި އިންއިރު ތާޜާގެ ހިތް ރޮމުން ދިޔައެވެ. ފަހު ވަގުތުވެސް އެހިތް ގޮވަމުންދިޔައީ އޭނަގެ އެންމެ ލޯބިވާ މާކިންއަށެވެ.
މާކިންގެ ހަދާން އާވުމުން ތާޜާއަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ތާރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ތައް ނިޔާޒްގެ ލޮލުގައި އަޅައިގަންނަން ގިނަ އިރެއް ނުނެގިއެވެ.
ތާރާގެ އެ އަމަލުން ނިޔާޒްއަށް އޭނަގެ ހިތް ހުރިހާ އެއްޗެއް ބުނެދިންކަހަލައެވެ. '
ތާރާ.........،،!!
ކުއްލިއކައް ފަހަތުން މީހެއް ގޮވާލުމުން ތާރާއަށް ފަހަތައް ބަލާލެވުނެވެ.ދޮރުމަތީ ހުއްޓި ހުރި މީހާ ފެނުމުން ތާރާއަށް ވުރެ ކުރިން ގޮނޑިން ތެދުވެވުނީ ސަލާމްއަށެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް