އާމިރު ހާންގެ ކައިވެނި އާދިއްތަ ދުވަހު، މާބޮޑު ހަފްލާއެއް ނުބާއްވަ!

ބޮލީވުޑްގެ ބަތަލް އާމިރު ހާން އަންނަ އާދިއްތަ ދުވަހު ކައިވެނި ކުރާކަން އިއުލާނު ކޮށްފި އެވެ. އާމިރާ މީގެ ކުރިން ދެ ކައިވެނި ކޮށްފައިވަނީ ރީނާ ދުއްތާ އާއި ކިރަން ރާއޯ އާއި އެވެ. އެ ކައިވެނިތަކަށް ތިން ...

03 Jul 2026 | 14:02
އާމިރު ހާން އާއި ގޯރީ ސްޕްރެޓް --

އާމިރު ހާން އާއި ގޯރީ ސްޕްރެޓް --

ބޮލީވުޑްގެ ބަތަލް އާމިރު ހާން އަންނަ އާދިއްތަ ދުވަހު ކައިވެނި ކުރާކަން އިއުލާނު ކޮށްފި އެވެ.

އާމިރާ މީގެ ކުރިން ދެ ކައިވެނި ކޮށްފައިވަނީ ރީނާ ދުއްތާ އާއި ކިރަން ރާއޯ އާއި އެވެ. އެ ކައިވެނިތަކަށް ތިން ކުދިން އެބަތިއްބެވެ.

އާމިރު ކައިވެނި ކުރަން އުޅެނީ އަމިއްލަ ވިޔަފާރި ކުރަމުން އަންނަ ގޯރީ ސްޕްރެޓާއި އެވެ. ވިޔަފާރިއެއްގެ އިތުރުން އޭނާ އަކީ ޓަމިލް ނާޑުގައި އިނގިރޭސިން ވެރިކަން ކުރުމާއި ގުޖުރާތުގައި އައިރިސްގައި އަތްގަދަކޮށްގެން އުޅުނު ދުވަސްވަރު އުފެދުނު އާއިލާއަކަށް ނިސްބަތްވާ މީހެވެ.

އާމިރު ހާނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ގުޅުން ލޯތްބައް ބަދަލުވީ 25 އަހަރަށް ފަހު 2024 ވަނަ އަހަރު ބައްދަލުވި ހިސާބުންނެވެ. ރަސްމީކޮށް ލޯބިވެރިޔާގެ ގޮތުގައި ގޯރީ ނޫސްވެރިންނަށް ތައާރަފުކޮށްދިނީ މިދިޔަ އަހަރު ފާހަގަ ކުރި އާމިރުގެ 60 ވަނަ އުފަން ދުވަހު އެވެ.

އާމިރު މީޑިއާގައި ބުނީ އާދިއްތަ ދުވަހު ކައިވެނި ހަފްލާ ބާއްވަނީ މުމްބާއީގެ ބާންދްރާގައި ހުންނަ ގޭގައި އެވެ. މި ހަފްލާގައި ދެ މީހުންގެ ދަރިންނާއި ދެ ފަރާތު އާއިލާ ފިޔަވާ އިތުރު ބަޔަކު ބައިވެރިނުވާނެ ކަމަށާއި ހަފްލާ ބާއްވާނީ އެ ދުވަހު ކޯޓުގައި ކައިވެނި ރެޖިސްޓްރީ ކުރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

އާމިއްރުގެ އިތުރުން ގޯރީވެސް ކުރިން ކޮށްފައިވާ ކައިވެންޏަކަށް ދަރިއަކު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް