މިއޮތީ ރަނުގެ ފުރުސަތެއް! ލިލީ ފިލްމަށް ޓިކެޓް ނަގައިގެން ގޭގެ ބަދިގެ ސެޓް އާކޮށްލެވިދާނެ

މިހާރު އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރު ވަމުންދާ ދިވެހި ފިލްމް، ލިލީ ބެލުމަށް މި މަހު 19 ގެ ކުރިން ޓިކެޓް ނަގއިގެން ގަވިން ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ކަސްޓަމައިޒް ފ...

02 Nov 2025 | 05:17
ގަވިންއިން ފަރުމާ ކުރާ ބަދިގެ ސެޓް

ގަވިންއިން ފަރުމާ ކުރާ ބަދިގެ ސެޓް

މިހާރު އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރު ވަމުންދާ ދިވެހި ފިލްމް، ލިލީ ބެލުމަށް މި މަހު 19 ގެ ކުރިން ޓިކެޓް ނަގއިގެން ގަވިން ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ކަސްޓަމައިޒް ފަރުނީޗަރު ފަރުމާކުރުމަށް މަގުބޫލު ކުންފުންޏެއް ކަމަށްވާ ގަވިން އިން ބަދިގެ ސެޓެއް ހޯދުމަށް ހުޅުވާލި މި ފުރުސަތަކީ މި މަހު 20 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ ލިލީ ފިލްމަށް ޓިކެޓް ނަގާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކަސްޓަމައިޒްކޮށް ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތެކެވެ.

މި ބަދިގެ ސެޓްގައި ގަވިންއިން އެ ފަރާތެއް ބޭނުން ގޮތަކަށް ޑިޒައިން ކޮށްދޭނެއެވެ.

"ލިލީ" ގެ ޕްރޮމޯޝަނަލް

މަސައްކަތްތައް މީގެ ތިން މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އޮފިޝަލް ޓްރެއިލާ

އާއިއެކު ފިލްމުގެ ޓިކެޓު އާންމުކޮށް ވިއްކަން ފަށާނެކަމަށް ބެލެވެ އެވެ. މިހާރު ޓިކެޓު

ބުކް ކުރުން ކުރިއަށް ދަނީ އޮންލައިންކޮށެވެ. އެގޮތުން ފިލްމުގެ ވެބްސައިޓު www.book.lilythemovie.com އިންނާއި ވައިބާ ނަމްބަރު 7505079 އަށް މެސެޖު ކޮށްގެންވެސް ޓިކެޓު ބުކް ކުރެވެ

އެވެ. ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު މިހާރު ބުކް ކުރަމުން ދާއިރު ފުރަތަމަ ދެ

ޝޯގެ ބޮޑު ބައެއް ވަނީ މިހާރު ފުލް ވެފަ އެވެ.

މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ

އިތުރު ތަރިންގެ ތެރޭގައި މަރިޔަމް ހަލީމް، އަހުމަދު ނިމާލް، އަލީ ފާރޫގު، މުހައްމަދު

ވަހީދު، އައިޝަތު އާރިފާގެ އިތުރުން މަރިޔަމް ވަހީދާވެސް ހިމެނެ އެވެ. މިއީ މުހައްމަދު

އަރީހު ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް