ޕީއެންސީއާއި ގުޅެން ނިންމި އިގުރާރު ފޯމު، ޔޫއްޕެ، އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ހަވާލުކުރަނީ -
މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)،
ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅެން
ނިންމައިފިއެވެ.
ރޭގައި ޕީއެންސީއިން ބޭއްވި ޖަލްސާގައި ޔޫއްޕެ
ޕީއެންސީއާއި ގުޅެން ނިންމި އިގުރާރުގައި ސޮއިކޮށް އެ އިގުރާރުވަނީ ޕީއެންސީގެ
ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައި ހަވާލުކޮށްފައެވެ.
ޔޫއްޕެ ވަނީ މީގެ ކުރިން ޖުމްހޫރީ ޕާޓީގައިވެސް
މަސައްކަތްކޮށްފައެވެ. އެންމެފަހުން ސިޔާސީ ގޮތުން ޔޫއްޕެ ފެނިގެން ގޮސްފައިވަނީ
އެމްޑީޕީއިންނެވެ.
ރޭގެ އެ ޖަލްސާގައި ޔޫއްޕެގެ އިތުރުުން އަހްމަދު މުއާޒު (ގަޓު މުއާ) އާއި އިތުރު ބަޔަކުވެސް އެ ޕާޓީއަށް ސޮއިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް