މިހާރު ނުކުންނަ ބޮލީވުޑް ފިލްމުތައް ކުޅުމަށްވުރެ ރިޓަޔާވުން މާ ރަނގަޅުކަމަށް ތާޕްސީ ބުނެފި!

މިހާރު ބޮލީވުޑްގައި ނުކުންނަ ހަރުކަށި އަނިޔާވެރި ފިލްމުތައް ކުޅުމުގެ ބަދަލުގައި ފިލްމީ ދާއިރާ ދޫކޮށްލައި ރިޓަޔާވުން މާ ރަނގަޅު ކަމަށް ބަތަލާ ތާޕްސީ ޕަންނޫ ބުނެފި އެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައ...

02 Sep 2026 | 14:14
ތާޕްސީ ޕަންނޫ --

ތާޕްސީ ޕަންނޫ --

މިހާރު ބޮލީވުޑްގައި ނުކުންނަ ހަރުކަށި އަނިޔާވެރި ފިލްމުތައް ކުޅުމުގެ ބަދަލުގައި ފިލްމީ ދާއިރާ ދޫކޮށްލައި ރިޓަޔާވުން މާ ރަނގަޅު ކަމަށް ބަތަލާ ތާޕްސީ ޕަންނޫ ބުނެފި އެވެ.

ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ޕިންކް މުލްކް ތައްޕަޅް އަދި އައްސީ ފަދަ އަންހެނުން މައި ރޯލުގައި ފީޗާކުރާ ފިލްމުތައް ކުޅެ ތާޕްސީ ވަނީ ބެލުންތެރިންގެ ލޯތްބާއި ޤަދަރު ހޯދައިފައެވެ. މި ފަހުން ވަރުގަދަ ބޮލީވުޑް ފިލްމަކުން އޭނާ ނުފެނެ އެވެ.

ނަމަވެސް މިހާރު ފިލްމު "ގާންދާރީ" ގެ މަސައްކަތް ކުރަމުންދާ ތާޕްސީ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ބުނީ ފަހަކަށް އައިސް ބޮޑެތި ފިލްމުތަކުގައި މާ ބޮޑަށް އަނިޔާވެރި މަންޒަރުތައް ގިނަވެފައިވާ ކަމަށެވެ. އޭނާ ބުނީ 2015 ގައި ކުރީކޮޅު ރިލީޒްވި ފިލްމުތަކާ ޚިލާފަށް މިހާރު ތިއޭޓަރުތަކަށް އަންނަ ފިލްމުތައް މުޅިން ބަދަލުވެފައިވާ ކަމަށެވެ.

އޭނާ ބުނީ މި ފަހުން ގޭގައި އާއިލާ އާއި އެކު ދެކެވުނު ވާހަކައެއްގައި މިހާރުގެ ފިލްމުތަކާއި ބެހޭގޮތުން ރަނގަޅު ބަހުސެއް ދިޔަކަމަށެވެ. އެ ބަހުސްގައި އެއްބަސްވެވުނު ކަމަކީ ރިޓަޔާވެގެން ގޭގައި އިނުމުން އެ ފިލްމުތައް ބަލަން ދާނެ ބަޔަކު ތިބޭނެ ކަމެވެ.

ތާޕްސީ ބުނީ ފިލްމު ކުޅުމަކީ އޭނާ ވަރަށް ކުރާހިތުން ވަރަށް ލޯބިން ކުރާ މަސައްކަތެއް ކަމަށާއި ނަމަވެސް އެފަދަ ފިލްމުތައް ކުޅޭހާ ބޮޑަކަށް ކަނު ލޯބި ނުވާ ކަމަށެވެ. އަދި އޭނާ ޤަބޫލުކުރާ އަމިއްލަ ފިލްމީ ރެކޯޑެއް އޮވެއެވެ.

އެގޮތުން ޒަމާން ބަދަލުވެ، ދިހަ އަހަރު ފަހުން ފިލްމުގެ ވައްތަރު ބަދަލުވި ނަމަވެސް އޭނާގެ ފިލްމުތައް ދެމި ހުންނާނެއެވެ. އަދި އޭނާ ކޮށްފައިވާ މަސައްކަތަކާއި މެދު ލަދުވެތިވާންޖެހޭ ކަމަކަށް ވާން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެހެން ކަމުން ޒަމާނަށްވުރެ ބޮޑަށް ބޭނުންވަނީ ފިލްމީ ރެކޯޑް އޭނާ ގާތުގައި މިފަދަ ރެކޯޑުތައް ހިފަހައްޓަން ކަމަށް ބުންޏެވެ.

ދެވަޝީޝް މަޚީޖާ ޑައިރެކްޓުކޮށް ކާނިކާ ދިއްލޯން ލިޔެ ޕްރޮޑިއުސްކޮށްފައިވާ "ގާންދާރީ" ގައި ދައްކައިދެނީ ޚިޔާލީ ރަށެއް ކަމަށްވާ ޖޯއިޕައްރާގައި ލޯ އަނދިރި މައެއް ފޮރުވިފައިވާ ހަޤީޤަތްތަކާއި ނުރައްކާތެރި ހާލަތްތަކުގެ ތެރެއިން ކުރާ ދަތުރެކެވެ. އެ ފިލްމުގައި އިޝްވާކް ސިންގް ޖަތިން ސަރްނާ ސްވަސްތިކާ މުކަރްޖީ މީތާ ވަޝިޝްޓް އަދި ޗާޔާ ކާދަމް ފަދަ ތަރީން ހިމެނެއެވެ.

"ގާންދާރީ" ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ ސެޕްޓެމްބަރު ތިނެއްގައެވެ.

މި ފަހުގެ އަހަރުތަކުގައި ބޮލީވުޑްގައި ނުކުންނަ ގިނަ ފިލްމުތައް ދަނީ ފްލޮޕްމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް