ބާދްޝާ އާއި އީޝާ --
އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި ރެޕާ ބާޑްޝާއި އެކްޓްރެސް އީޝާ ރިކީ ވަރިވެއްޖެކަން އިއުލާނު ކޮށްފި އެވެ.
މި ދެމީހުން މައްސަލަ ޖެހިގެން އުޅޭކަމުގެ އަޑު މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ވަނީ ފެތުރެން ފަށާފައި އެވެ. އެގޮތުން އީޝާ ވަނީ ގިނަ ދުވަސްތަކެއް ވާންދެން ބިރުގެ ތެރޭގައި ހަނު ހުރެ ދިރިއުޅެފައިވާ ކަމަށާއި މިހާރު ބިރުގެ ބަދަލުގައި ހިތްވަރު އިޚުތިޔާރުކޮށްފައިވާ ކަމަށް ބުނެ ޖުލައި މަހު އަސަރު ގަދަ ޕޯސްޓެއް ކޮށްފައި އެވެ.
އޭގެ ފަހުން ރޭ ދެ މީހުން ވަނީ ރަސްމީކޮށް ވަރިވިކަން އިއުލާނުކޮށްފައި އެވެ.
އިންސްޓަގްރާމްގައި ގުޅިގެން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަރިވިޔަސް ދެމީހުން އެކަކަކު އަނެކަކަށް އިހުތިރާމް ކުރާ ކަމަށެވެ. ވަރިވާން ނިންމީވެސް އެ އިހުތިރާމާއި އެކު ކަމަށެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނަކީ ވަރިއާ ގުޅޭގޮތުން އެމީހުން ނެރޭނެ ހަމައެކަނި ބަޔާންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެ ނިންމުމަށް އެހެންމީހުންވެސް އިހުތިރާމްކޮށް، އިތުރު ހީތަކާއި އަންދާޒާތައްކޮށް ރިޕޯޓުތައް ނުނެރުމަށް ބާދްޝާ އާއި އިޝާ ވަނީ މީޑިއާގެ ކިބައިން އެދިފައެވެ.
ބާދްޝާ އާއި އީޝާ ކައިވެނި ކުރީ މިދިޔަ މާޗް މަހު އެވެ.
ބާޑްޝާއާ އީޝާ ކައިވެނިކުރި ޚަބަރު ފުރަތަމަ ޢާންމުވީ މާރިޗު މަހު އީޝާގެ މަންމަ ޕޫނަމް ރިކީ އިންސްޓަގްރާމުގައި ކައިވެނީގެ ފޮޓޯތަކެއް ޙިއްޞާކުރުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ބާޑްޝާއި އީޝާ ބައްދަލުވީ އެކުވެރިއެއްގެ ޕާޓީއަކުން ކަމަށާއި ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވީ ކަމަށްވެ އެވެ.
ބާދްޝާ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައިވާ އިރު ކުރީގެ އަނބިމީހާ އާއި ގުޅިގެން ކުއްޖާގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް