ފަހަތުން ފޮޓޯ ނަގާތީ ނޭހާ ދުޕިއާ ރުޅިއައިސް، އިންޒާރު ދީފި

ބޮލީވުޑް ބަތަލާ ނެހާ ދޫޕިއާގެ ފަހަތުން ފޮޓޯ ނެގުމާ ދެކޮޅަށް ހޫނު ބަހުގެ ހަމަލާ ތަކެއް ދީފި އެވެ. ދާދި ފަހުން އެވޯޑް ޝޯއެއްގައި ބައިވެރިވުމަށް ފަހު ނެހާ ވަނީ އެ ތަނުގައި ތިބި ޕެޕަރާޒީންނާ ސީދާ ވާހަކަ ދ...

01 Jul 2026 | 08:14
ނޭހާ ދުޕިއާ --

ނޭހާ ދުޕިއާ --

ބޮލީވުޑް ބަތަލާ ނެހާ ދޫޕިއާގެ ފަހަތުން ފޮޓޯ ނެގުމާ ދެކޮޅަށް ހޫނު ބަހުގެ ހަމަލާ ތަކެއް ދީފި އެވެ.

ދާދި ފަހުން އެވޯޑް ޝޯއެއްގައި ބައިވެރިވުމަށް ފަހު ނެހާ ވަނީ އެ ތަނުގައި ތިބި ޕެޕަރާޒީންނާ ސީދާ ވާހަކަ ދައްކައި ފަހަތުން ފޮޓޯ ނެގުން ހުއްޓާލުމަށް ގޮވާލައިފައެވެ. އޭނާ ބުނީ ފަހަތުން ފޮޓޯ ނެގުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އޭނާ އަކީ ފޮޓޯ ނަގަށް އެއްބާރުލުން ދޭ މީހަކަށް ވާއިރު ފަސް އެނބުރި ދިއުމުން ފޮޓޯނަގައި ތަފާތު ވާހަކަތައް ލިޔުން ބަލައި ނުގަންނަ ކަމަށެވެ.

ނެހާގެ މި ވީޑިއޯ ވައިރަލް ވުމުން ބަތަލާ ސޯނާކްޝީ ސިންހާ ވެސް ވަނީ ނެހާއަށް ތާއީދުކޮށް ކޮމެންޓެއް ކޮށްފައެވެ. ސޯނާކްޝީ  ބުނެފައިވާ ގޮޮތުގައި ޕަޕަރާޒީންނާއި ދިމާއަށް ނޭހާ އެބުނީ ރަނގަޅު ވާހަކަ އެކެވެ.

މީގެ ކުރިންވެސް ޖާންވީ ކަޕޫރު އަދި ޒަރީން ޚާން ފަދަ ތަރިން ވަނީ ޕެޕަރާޒީންނަށް ފަހަތުން ފޮޓޯ ނުނެގުމަށް އިންޒާރު ދީފައެވެ.

ޖާންވީ 2024 ވަނަ އަހަރު ހައުޓާފްލައި އަށް ދިން އިންޓަވިއުއެއްގައި ބުނީ "އެ މީހުން ފަހަތުން ފޮޓޯ ނަގައި 'ގެސް ހޫ އިޒް ދިސް' ޖަހައިގެން ކްލިކްބެއިޓް ހޯދަނީ ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް