ތަމަން.....، ނާއިކް އެހެން ބުނެ މާކިންއާއި ދިމާއަށް ބަލާލިއެވެ.
ހޫމް..، ތަމަން ކިޔަނީ..، އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯގޮވާ ވަރުވެއްޖެ ..، މާކިން ބުނެލިއެވެ.
މަޑުކޮއްބަލަ...،އަދި އެއްވާހަކަ ނުކިޔައިދެވިޔޭ މިއުޅޭނީ..، ތިބުނާ ތަމަން ހުންނަނީ ކިހިނެއް؟ ނާއިކް ކޮފީ ކޯވަރެއް ބޯލުމައްފަހު ޖޯޑް ބަހައްޓަމުން ބުނެލިއެވެ.
ވަރައް ދޮންކޮއް ވަރައް ރީތިކޮއް ހުންނާނީ..، ވަރައް ދިގު ބުޅިއިސްތަށިގަނޑެއް އޮންނާނެ ،. މާކިން ތަމަންގެ ސިފަ ކިޔައިދެމުން ދިޔައިރު ނާއިކްގެ ލޯ ކުރިމައްޗައް އާޝާ ސިފަވާން ފެށިއެވެ. އެ ދިގު ބުޅި އިސްތަށިގަނޑަކީ ނާއިކްއަށް އާޝާގެ ރީތިކަން އިތުރުކޮއްދޭ އެއްޗެކެވެ.
އެހެން ވިއްޔާ އެހެން ތަމަންއެއް ..، ވިސްނުމަކައް ގެއްލިފައި އިނދެ ނާއިކް އެހެން ބުނެލުމުން މާކިން ލޯ ކުޑަކޮއްލީ އެބުނިއެއްޗެއްގެ މާނަ ނޭގުމުންނެވެ.
ކީކޭ ތިބުނީ..، މާކިން ބުނެލިއެވެ.
މިފަހަރު ވަރަށް އެހެން ކަހަލަ ކަމެއް ދިމާވީ..، އެހެންބުނެ ނާއިކް ތަމަންއާއި ދިމާވިގޮތާއި މިހާރު އެދެމީހުންގެ ގުޅުން ކިޔައިދިނެވެ.
ނާއިކް އެވާހަކަ ކިޔައިދިން އިރު މާކިން އިނީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
އޭނަ އަށްވެސް ކިޔަނީ ތަމަން ..، އެކަމަކު މޫނު ބުރުގާ އަޅާފަ ހުންނަނީ..، ނާއިކް ބުނެލިއެވެ.
އެހެންވިއްޔާ ތީ އޭނައެއްނޫން...، އޭނަ ބުރުގާވެސް ނާޅާނެ..، މާކިން ބުނެލިއެވެ.
ދެން ނިކް އެމަންޖެއަށް ހަރަދު ކުރަނީތަ؟ ކީއްވެ ދެން ވަރިނުކޮށް ތިހިރީ؟ ތިހެން ހުއްޓަ ބަސްޓް ވެއްޖެއްޔާ މަސްލަހަތު ގޯސްވެދާނެ...، މާކިން އެވްލިންއަށް ވިސްނާލަމުން ބުނެލިއެވެ.
އެނގޭ ތިހުރިހާ އެއްޗެއްވެސް..، އޭނަ ގަބޫލެއްނުވޭ އަހަރެން އޭނައަށް އެއްވެސް ހަރަދެއްކުރާކަށްވެސް..، އެކަމަކު އަހަރެން ބޭނުން ނުވަނީ އެހާލުގަ ހުއްޓަ އެމަންޖެއަށް އެހެން ހަދާކަށް އެހެންވެ ..، އޭނައަށް ގޮތެއް ފެންނަންދެން ހިތައް އަރަނީ އޭނައަށް އެހީ ވާނީއޭ..، މިކަން އަނެއްހެން އެނގޭނީވެސް އަހަރުން ދެމީހުންގެ އިތުރުން ރެއިންއަށް ދެން މާކް ކައިރީ މިބުނީ..، ހަމަ އެކަނި އޭނަ އަހަރެންގެ އަތްނބެއްގެ މަގާމުގަ ހުރިކަން ..، އަނެއްހެން ބުނަންޏާ.،، ނާއިކް ބުނެލިއެވެ.
ރަގަޅު، މީހަކަށް އެހީއެއްވުމަކުން މައްސަލައެއްނެއް..، އަހަރެން ނަމަވެސް ތިކަހަލަ ހާލަތެއްގަ ތިގޮތައް ކަންތައް ކުރެވޭނީވެސް..، މާކިން ބުނެލިއެވެ.
އެވަގުތު މާކިންގެ ފޯނު ވައިބްރޭޓްވާންފެށިއެވެ.
މަޑުކޮއްލައްޗޭ ގޭން އެބަ ގުޅާ..، މާކިން އެހެން ބުނެ ފޯނު ނަގާ ކަނފަތުގައި ޖަހާލިއެވެ.
ޑެޑީ.. ކޮއްކި ފޫހިވެއްޖެ..، މާކިން ފޯނު ނެގުމާއި އެކު ކުޑަ ކުޑަ އަޑަކުން ރިމީ ބުނެލިއެވެ.
ކޮބާ ދަރިފުޅު މަންމި.. ދަރިފުޅު ބަތް ކެއީތަ؟ މާކިން ވަރަށް ލޯބިން ބުނެލިއެވެ.
ކޮއްކި ވަރަށް ބަނޑުހައިވަނީ..، ރިމީ ބުނެލިއެވެ. ޑެޑީ އިރުކޮޅަކުން މިދަނީ އަވަހަށް މަންމިއާއި ދެކުދިން ބަތްކާލާ އިނގޭ ބަސްއަހައިގެން..، މާކިން އެހެން ބުނެލުމުން ރިމީ އަނގައިން ނުބުނުމުން މާކިން ރިމީއަށް ގޮވާލިއެވެ.
ދަރިފުޅު ކިހިނެއްވެފަ..، ޑެޑީ ލަސްވެގެން ދެރަވެފަތަ؟..، މާކިން ވަރަށް ލޯބިން ބުނެލިއެވެ.
ޑެޑީ ..، ކޮއްކި ވަރަށް ބަޑުހައިވަނީ..، މަޑުމަޑުން ރިމީ ދެވަނަ ފަހަރަށް އެހެން ބުނެލުމުން މާކިންއަށް ރިމީއަށް ކަމެއް ވެފަ ހުރިކަން ނަގައިގަނެވުނެވެ.
ދަރިފުޅު ކޮބާ މާމަ؟ މާކިން ބުނެލިއެވެ. މާމަ ނެތް..، ރިމީ ބުނެލިއެވެ. ދެން ކޮބާ މަންމި..، މަންމި އަތަށް ފޯނުދީބަލަ..، މާކިން އެހެން ބުނުމުން ރިމީގެ ފަރާތުން ޖަވާބެއްނައެވެ.
އަނެއްކާ ވެސް މާކިން ދަރިފުޅަށް ގޮވާލިއެވެ. ޑެޑީ މިދަނީ އިރުކޮޅަކުން..، މަންމި އަތަށް ފޯނުދީބަލަ ދަރިފުޅު..، މާކިން ބުނެލިއެވެ.
މަންމި ކޮއްކި ގޮވީމަ ވާހަކަ ނުދެއްކި..، ރިމީ ދެރަވެފައި އެހެން ބުނެލުމުން މާކިންއަށް ވެގެން އުޅޭ ގޮތް ނަގައި ގަނެވުނެވެ.
ދަރިފުޅު ޑެޑީ މިހާރު މިދަނީ.. މާކިން އެހެން ބުނެ ރިމީ ރުއްސަން އެއްޗެއް ބުނެލުމަށްފަހު ފޯނުކަނޑާލިއެވެ.
އޭ ނެތޭ ދެން އިނދެވޭކައް ..، ތާރާ ބަލިވެ އޮތީމަ ދަރިފުޅު ނުކައި އެބަހުރި ..، މަންމަ ވެސް ގޭގަ ނޫޅޭ..، އަހަރެން ފަހުން ގުޅާނަން ..، މާކިން އެހެން ބުނެ ވަރަށް އަވަސް ކޮށްލަމުން ކެފޭއިން ނިކުތްއިރު ފަހަތުން ނާއިކްވެސް ނިކުތެވެ.
**
ކަހާލާފައިވާ ފަރުދާގެ އެއްފަރާތުން ކުޑަދޮރައް އެޅެމުންދިޔަ އިރުގެ ދޯދިތައް ހުރަހެއް ނެތިއައިސް ތަމަންގެ ދޮން މޫނުގައި ބޮސްދެމުން ދިޔައެވެ.
ގަދަ ނިދީގައި އޮތް ތަމަންގެ މޫނަށް އެޅެމުން ދިޔަ ގަދަ އަލިން ލޮލުގެ އެސްފިޔަތައް ތަޅުވާލަމުން ކުޑަކޮށް ލޯ ހުޅުވާލަން މަސަތްކަތް ކުރިއެވެ. ނަމަވެސް ނިދީގެ އަސަރު ލޮލުގައި ހުރުމުން އެ ގަދަ އަތްވަށް ލޯ ހުޅުވާލަން ފަސޭހަ ނުވުމުން ލޯމަތިން އަތް ހުރަސްކޮއްލުމައްފަހު އެނދުން ތެދުވެގެން ކުޑަދޮރާ ދިމާލައް ހިނގައިގަތެވެ.
ދޮރު ފޮތިގަނޑު ކަހާލުމައްފަހު އެނދާ ދިމާލައް ހިނގައިގަތީ އަދިވެސް ކުޑައިރުކޮޅަކު ނިދާލަން ބޭނުންވާތީއެވެ.
އެދުގައި އޮށޯންނަމުން ބާލީސް ކައިރީ ބާއްވާފައިވާ ފޯނު ނެގީ ގަޑިން ވީ އިރެއް ބަލާލުމަށެވެ.
ނަމަވެސް ފޯނުގައި އިން ދެ މިސްކޯލް ފެނުމުން ލޮލުގައިވާ ނިދިފިލީ ކީއްވެ ކަމެއްވެސް ނޭގުނެވެ. ފޯނު އަތަށްލައިގެން އޮތީ އެނަންބަރާ ދޭތެރޭ ވިސްނާށެވެ.
ކުއްލިއަކައް ތަމަން ސިހުނީ އެނަންބަރުން އަނެއްކާވެސް ގުޅަންފެށުމުންނެވެ.
ކުޑަކޮށް ކަރުކެހިލުމައްފަހު ނިދިއަޑު ކަނޑުވާލަމުން ތަމަން ހަލޯއޭ ބުނެލިއެވެ.
އާޝާ..، ހަބަރެއްވެސް ނުވަމެއްނު އައިސްވެސް..، އަހަރެން އެވަރުން ބުނީމެއްނު މާލެ އައިސް އަހަރެންނައް ގުޅައްޗޭ އެކޮޅުން ވާހަކަ ދެއްކި އަންހެންކުއްޖާ އެހެން ބުނެލުމުން އެއަޑުން އެއީ ކާކުކަން ދެނެގަންނާކައް ތަމަންއަކައް އުނދަގުލެއް ނުވިއެވެ.
މާލް...، ތަމަންއަށް މާލްވީގެ އަޑު ޖެހުމާއެކު ބުނެވުނެވެ..،
އަރުކަން ރޭގަ ބުނީމަ އެގުނީ މިކޮޅަށް އައިކަންވެސް..، ކިހާހިސާބަކު ތިއުޅެނީ؟ ހިނގާބަ ދިމާވެލަން..، މާލްވީ އެއްފަހަރާ ބުނެލިއެވެ.
އަހަރެންނަކަށް ނޭނގޭ މީ ކޮން އަވަށެއްކަމެއް..، އަހަރެން ބަލާލައިފަ ބުނާން ..، ތަމަން ބުނެލިއެވެ.
ތަމަން އެހެން ބުނެލުމުން މާލްވީ އެކަމާ އެއްބަސް ވިއެވެ.
އަރޫ ބުނި އާޝާ ޖޮބްއަށް ޓްރައި ކުރާ ވާހަކަ..،މާލްވީ ބުނެލިއެވެ.
އަހަރެން ވަރަށް އަވަހައް ޖޮބް ބޭނުން ..، ކިހިނެއް ޖޮބެއްނެތި މިހެން އުޅޭނީ..، ތަމަން ބުނެލިއެވެ.
އާނ އަހަރެން މިހާރު އެބަބަލަން މިތާ އުޅޭ ފްރެންޑަކާ ވާޙަކަ ދައްކައިގެން..، އަހަރެން ގުޅާނަން އާޝާއަށް އިނގޭ..، މާލްވީ އެހެން ބުނެ ފޯނުބޭއްވީ ފޯނެއް އަންނަންފެށުމުންނެއެވެ .
**
އާއަހަރުގެ ފުރަތަމަ ރެއަށް ހުޅުވަން ހަމަޖެހުނު ނާއިކްމެންގެ ހޮޓެލް ހުޅުވުމައްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ނިމި ނާއިކް އެރަށަށްދިޔައީ ބައްޕަގެ އެދުމަށް އެވްލިންވެސް ގޮވައިގެންނެވެ،
އެރެއަށް ޓަކާ އެތަންވަނީ ވަރަށް ފުރިހަމަޔައް ތައްޔާރު ކޮއްލާފައެވެ.
މުޅި މާފުށީގައި އެންމެ ފުރިހަމައަށް ފަރުމާ ކުރިވެފައިވާ ހޮޓެލްއަށް އެތަންވާނެ ކަން ޔަގީނެވެ.
ފަސްބުރިއަށް ނަގާފައިވާ އެހޮޓެލްގެ އެންމެ ތިރީ ލޮބީގައި ބަހައްޓާފައިވާ ބޮޑު ސޯފާގެ ކުރިމައްޗައް ވާގޮތައް ތަންކޮޅެއް ދުރުގައި ކައުންޓާ ހުއްޓެވެ.
ކައުންޓާ ކައިރީގައި ޕޮޓެއްގައި ރުކެއްގޮތަށް ފަތް ދިގުކޮއް ހުރި ބޮޑު ގަހެއް ބަހައްޓާފައި ހުރި އިރު ކައުންޓާ ކައިރިން އެކި ކުލަ ކުލައިގެ އަލިން އެތަން ޒީނަތްތެރިކޮއްފައި ހުރިއިރު ވަރަށް ފުރިހަމައެވެއެ.
އެއްފަރާތެއްގައި ސިޑީގެ އިތުރުން މައްޗައް އެރެން ލިފްޓް ހުރި އިރު ކޮންމެ ފްލޯއެއްގައި ހަތް ރޫމު ހުއްޓެވެ.
އެތަނުގެ އެންމެ މަތީ ޓެރަސްގައި ހަދާފައިވާ ބޮޑު ޕޫލްގެ އަޑީގައި ކުރަހާފައިވާ ޑޮލްފިންއިން ޕޫލްގެ ރީތިކަންވެސް އިތުރެވެ.
ހޮޓެލް ހުޅުވުމުގެ ގޮތުން މިރޭ ބާއްވަން ހަމަ ޖެހިފައިވާ ހަފްލާއަށް އެރަށުގެ އާންމު ރައްޔިތުންނައްވެސް ދައުވަތު އެރުވިއެވެ.
ގަދަނޫކުލައިގެ ކޯޓެއްގައި ނާއިކް ހުރިއިރު ހަމަ އެކުލައިގެ އެއްކޮށް ފަޔާ ހިސާބަށް އަންނަ ދިގުހެދުމެއްގައި އެވްލިން ހުއްޓެވެ،
ހެދުމުގެ ބޮޑުކަމުން އެވްލިންގެ ހަށިގަނޑައްވުރެ ފަލަ ކަމަށް ދައްކައެވެ.
ހަފްލާ ފެށިގެން ކުރިޔައް ދިޔައިރު އެންމެ ވަގުތު ކޮޅަކަށްވެސް ނާއިކްއާއި ދުރަށް އެވްލިން ނުދެއެވެ. އެވްލިން އުޅޭ ގޮތުން މިރޭ ނާއިކްއަށް ހުރީ ވަރަށް ބޮޑައް އުނދަގޫވެފައެވެ.
ރައްޓެއްސަކާ ވާޙަކަ ދައްކަން މަޑުކޮއްލިޔަސް އެވްލިން ހުންނަނީ ނާއިކް އަތުގައި ހިފާލައިގެންނެވެ.
ނާއިކް...، އެއްފަރާތެއްގައި ރައިންނާއި ވާހަކަ ދައްކަން ނާއިކް ހުއްޓައި ފަހަތުން މީހަކު ގޮވާ ލުމުން ނާއިކްއާއި އެކީ ކަހަލަ ގޮތަކައް އެވްލިންވެސް ބަލާލިއެވެ.
އޭރު ނުބައި ވައްތަރަކައް ހިނިއައިސް ދާނިޔަލް ނާއިކްއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ބައެއްފަހަރު އޭނަގެ ކަޅި ނާއިކްގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެން ކުއްޖާއަށްވެސް ހުއްޓެއެވެ.
ކޮބާ ތަމަން؟..، ހިތްހަމަ ނުޖެހި ދާނިޔަލް އެހެން ބުނުމުން އެވްލިން ނާއިކްގެ ލޮލަށް ބަލާލިއެވެ.
އެކަމަކު އެދެލޮލުން އެއްވެސް އަސަރެއް ފެންނާކައް ނެތެވެ.
ކޮބާހޭ ތަމަން ؟ ކައެއަށް އަޑެއްނީވޭތަ މަކިޔާއެއްޗެއް..،
ދެވަނަ ފަހަރަށް ދާނިޔަލް އެހެން ބުނުމުން ނާއިކް އެވްލިންގެ އަތް ނައްޓާލަމުން ދާނިޔަލްއާއި ކުރިމަތި ލިއެވެ.
ކޮންތަމަންއެއް؟ ނާއިކް ނޫންކަމަށް ހަދާފައި އެހެން ބުނެލި އިރު އެވްލިން ހުރީ ވާނުވާ ނޭނގިފައެވެ.
ކައެ ހަދާންކުރައްޗޭ ކައެއަށް މީގެ ހިތި ދައްކާލާނަން..،މިހާރު އޭނަގެ ބޭނުން ކެނޑުނީމަ އެހެން އަންހެނެއް ނެގީ ދޯ..،މަލާމާތުގެ ރާގެއްގައި ދާނިޔަލް ބުނެލިއެވެ.
އެވްލިން ކައިރީ ހުރުމުން ނާއިކްއަށް ދާނިޔަލްއާއި ކުރިމަތިލެވޭގޮތެއް ނުވިއެވެ.
އެދިމާއަށް ހިނގާފައި އަންނަ ފައްވާޒް ފެނުމުން ދާނިޔަލް ކުއްލިއަކަށް އެތަނުން ނިކުންނަން ހިނގައިގަތެވެ.
ފައްވާޒްއަށް އޭނަ ފެނިއްޖެ ނަމަ ހަދާލާނެ ގޮތެއްވެސް ނޭގެއެވެ. ނިކްހާގެ މަރަށްފަހު ފައްވާޒް އޭނަދެކެ އަންނަ ރުޅި ދާނިޔާލްއަށް އެނގެއެވެ.
ބޭރުގައި އިރުކޮޅެއްގައި މަޑޫކޮށްލުމައްފަހު ދާނިޔަލް އަނެއްކާވެސް އެތެރެއަށް ހިނގައިގަތެވެ.
މިފަހަރު އޭނަ ހިނގައިގަތީ ނާއިކްއާއި ދުރުގައި މޭއްޒެއް ދޮށުގައި އިން އެވްލިންއާއި ދިމާލަށެވެ.
އައްސަލާމަލައިކުމް..، އެވްލިން ކައިރީ އިށީންނަމުން ދާނިޔަލް ބުނެލިއެވެ.
މަންޖެ ވަރަށް ރީތި..، ހުސްތަ..، ދާނިޔަލް އެހެން ބުނެލިއިރު ލަދުހަޔާތުގެ ކުނޑި ފުކެއް ހުރިހެންވެސް ހިޔެއްނުވެއެވެ.
ތޭންކްސް ..، އެވްލިން ދާނިޔަލްގެ ފަރާތުން އޭނަ ބޭނުން މައުލޫމާތު ހޯދަން އެއްބައިވެލަމުން ބުނެލިއެވެ.
ތީ ނާއިކްގެ ގާލް ފްރެންޑްތަ؟ ދާނިޔަލް ބުނެލިއެވެ.
ނޫނޭ ވައިފް..، އެވްލިން އެހެން ބުނެލުމުން ދާނިޔަލް ލޯ ކުޑަކޮއށްލަމުން ބަލާލިއެވެ.
އެވްލިން ކައިރީ އިށީނދެ އިން ދާނިޔަލް ފެނުމުން ނާއިކް ބާރު ފިޔަވަޅުތަކެއގައި އެދިމާއަށް ހިނގައިގަތެވެ.
ކައެ މަށަށް ލަޑުދޭން ތަމަން ގެންދިޔައީ ކައެ ހަދާން ކުރައްޗޭ..، ކައެ މުޅިއުމުރަށް ހިތާމަ ކުރަން ޖެހޭނެ..، ދާނިޔަލް އެހެން ބުނެ އިނގިލި ދިއްކޮށްލަމުން އެތަނުން ނިކުމެގެން ދިޔައީއެވެ.
**
ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ތަމަން މިއަދު އެހުރީ ގިނަދުވަސްތަކަކައްފަހު ހިނިތުންވެލައިގެންނެވެ. އެންމެ އުންމީދުކުރި ދުވަސް އައިސް ޖެހުނީއެވެ. ބުޅި އިސްތަޑިގަނޑު ފަހަތަށް ހާވާލުމައްފަހު ލައިގެން ހުރި ހުދުކުލައިގެ ޓޮޕަށް ދަމާލުމައްފަހު ތުންފަތުގައި މަޑު ކުލައެއް ހާކާލިއެވެ.
އަދި ޑްރެސިންގް ޓޭބަލް މަތީ ހުރި ސެންޓް ފުޅި ގަޔަށް ޖަހާލުމައްފަހު އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލިއެވެ.
ގޭގެ ބެލް އަޅާލި އަޑަށް ކޮޓަރިން ނިކުންނަން ތަމަން ހިނގައިގަތެވެ.
ދޮރުހުޅުވާލަމުން ދޮރުމަތީ ހުރި މާލްވީ ވަންނަން ތަންދައްކަމުން ތަމަން އެއްފަރާތައް ޖެހިލިއެވެ.
އަދި ދެމީހުން އެކުގައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ހިނގާދާން މިހާރު ގަޑި ޖެހެނީ ޑޮކްޓަރ އައިޝަތު ތަމަން ..، ހިނިއައިސް މާލްވީ ބުނެލިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް