ކ. ގުރައިދޫގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ކ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.
އެމީހާ ޒަހަމްވީ އެހެން މީހަކާ އެކު ހިންގި މާރާމާރީއެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގީ އިއްޔެ ހަވީރު އެވެ.
ފުލުހުން ބުނީ މާރާމާރީގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި މައްސަލައިގަ ހިމެނޭ އަނެއް މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ.
މި މާރާމާރީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.