Advertisement

ހޫޠީންގެ މިސައިލެއް ވައްޓައިލުމުން ރިޔާޒުގެ ގެއަކަށް ގެއްލުންވެ މީހަކު ޒަހަމްވެއްޖެ

14 Oct 2026 | 20:05
-

ޔަމަނުގެ ހޫށީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ފޮނުވައިލި ބެލިސްޓިކް މިސައިލެއް ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައްޓައިލުމުން، ބިމަށް ފޭބި ބައިތަކުން ގެއަކަށާއި އުޅަނދަކަށް ގެއްލުންވެ، އަރަބި ގައުމެއްގެ ރައްޔިތަކު ޒަހަމްވެއްޖެއެވެ.

ސައޫދީ ސިވިލް ޑިފެންސުން ބުނީ އޮކްޓޫބަރު 14 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި މަސައްކަތްކުރާ ޓީމުތައް ވަގުތުން ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. ހޫށީ ޖަމާއަތުން ފޮނުވައިލި ބެލިސްޓިކް މިސައިލް ވައިގެ ދިފާއީ ނިޒާމުން ނައްތައިލުމާ އެކު، އެ މިސައިލުގެ ބައިތައް ވެއްޓުނީ ރިޔާޒުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

Advertisement

މި ހާދިސާގައި ޒަހަމްވީ ރިޔާޒުގައި ދިރިއުޅޭ އަރަބި ގައުމެއްގެ ރައްޔިތެކެވެ. އެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވީ ގެއެއްގެ އިތުރުން އުޅަނދަކަށް ލިބުނީ ކުދި ގެއްލުންތަކެއް ކަމަށާއި، ކަމާ ގުޅޭ އިދާރާތަކުން މިފަދަ ހާދިސާތަކުގައި އަމަލުކުރަން ހަމަޖެހިފައި އޮންނަ ކުއްލި ފިޔަވަޅުތައް އެޅި ކަމަށެވެ.

ހޫށީ ޖަމާއަތުން ސައޫދީ އަރަބިއްޔާއަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާ ދިނުމަކީ ފާއިތުވި އަހަރުތަކުގައި ތަކުރާރުވަމުން އައިސްފައިވާ ކަމެކެވެ.

Advertisement

ކޮމެންޓް