އާލިއާ ރައްޓެހިންނާއި އެކު ސްޕެއިންގައި ޗުއްޓީ ހޭދަކުރަނީ
ބޮލީވުޑުގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، އެންމެ ގާތް ރަޙުމަތްތެރިޔާ އަކާންޝާ ރަންޖަން ކަޕޫރާއި އެހެން ރަޙުމަތްތެރިންނާ އެކު ސްޕެއިންގެ މެޔޯކާ ޖަޒީރާގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އަކާންޝާ ވަނީ މި ދަތުރުގެ ތެރެއިން ނެގި ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ރަޙުމަތްތެރިންގެ ގްރޫޕުން ވަނީ ޔޮޓާއި މޮޓޯބޯޓުތަކުގައި ދުއްވައި، ކެފޭތަކުގައި ވަގުތު ހޭދަކޮށް، ޖަޒީރާގެ ހިތްގައިމު ގޮނޑުދޮށާއި ހިލައިގެ އައްސޭރިފަށުގައި ފޮޓޯ ނަގައިފައެވެ. ބެލްކަނީއެއްގައި ތިބެ ރީތި މަންޒަރުތައް ބެލި ވަގުތުތައް ވެސް އެ ފޮޓޯ އެލްބަމުގައި ހިމެނެއެވެ.
އާލިއާގެ ޗުއްޓީ ހެދުން އެޅުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެގޮތުން ކޮންމެ މުނާސަބަކާއި ނުވަތަ ދާ ތަންތަނާއި ގުޅުވައިގެން އަލިއާ ހެދުން އަޅާ ކަން އެނގޭކަމަށް މީހުން ބުނެފައިވެ އެވެ.
އާލިއާ ރައްޓެހިންނާއި އެކު ސްޕެއިންގައި --
ފިލްމީ މައިދާނުގައި، އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާރްވަރީ ވާގާ އެކު ކުޅުނު އެކްޝަން ތްރިލާ 'އަލްފާ' އިންނެވެ. އެ ފިލްމުން އާލިއާ ވަނީ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސް އަށް ތަޢާރަފުވެފައެވެ. ދެން އާލިއާ ފެންނާނީ ސަންޖޭ ލީލާ ބަންސާލީގެ ލަވް އެންޑް ވޯ އިން ކަމަށްވާއިރު، މި ފިލްމުގައި ރަންބީރު ކަޕޫރާއި ވިކީ ކައުޝަލް ވެސް ހިމެނެއެވެ.
މި ފިލްމުގެ ކެރެކްޓާ ޕޯސްޓަރުތައް މިހާރު ވަނީ ދައްކާލައިފައެވެ.އެންޑް ވޯ ސިނަމާތަކަށް ރިލީޒްކުރާނެ ކަމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުއެވެ.
މީގެ އިތުރުން، ލަވް އެންޑް ވޯ ނިމުމަށް ފަހު، ކުރިން ހުއްޓައިލާފައި އޮތް ބަންސާލީގެ އިންޝާ ﷲ ޕްރޮޖެކްޓް އަލުން ފެށުމުގެ ފުރުޞަތު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ ޕްރޮޖެކްޓާ ގުޅޭ ރަސްމީ ކަށަވަރުކުރުމެއް އަދި ލިބިފައެއް ނުވެއެވެ.