Advertisement

ކާބޯތަކެތި ލޭބަލްކުރުމުގެ އައު ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ޚިދުމަތްދޭ ވިޔަފާރިތައް އަހުލުވެރިކޮށްފި

07 Oct 2026 | 15:15
ކާބޯތަކެތި ލޭބަލްކުރުމުގެ އައު ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ޚިދުމަތްދޭ ވިޔަފާރިތައް އަހުލުވެރި ކުރުމަށް ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތްދޭ ވިޔަފާރިތަކަށް ބާއްވައިފިއެވެ.

އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި މި ސެޝަން ކުރިއަށް ގެންދިޔައީ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. އެ ސެޝަނުގައި މަޢުލޫމާތު ދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

Advertisement

އެޗްޑީސީން ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ހުރިހާ ފަރާތްތަކަށް މި ސެޝަން ޚާއްޞަކޮށްފައިވެއެވެ.

މި ގަވާއިދަކީ މި އަހަރުގެ ޖޫން ނުވަ ވަނަ ދުވަހު ގެޒެޓުކުރި ގަވާއިދު ނަންބަރު 2026/R-52 އެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.

ކާބޯތަކެތި ލޭބަލްކުރުމުގެ އައު ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ޚިދުމަތްދޭ ވިޔަފާރިތައް އަހުލުވެރި ކުރުމަށް ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ކާބޯތަކެތި ލޭބަލްކުރުމުގެ އައު ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ޚިދުމަތްދޭ ވިޔަފާރިތައް އަހުލުވެރި ކުރުމަށް ކުރިޔަށް ގެންދިޔަ ސެޝަންގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ގަވާއިދު ތަންފީޒު ކުރުމުގެ ކުރިން ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަކީ އެމްއެފްޑީއޭގެ މި ސެޝަންތަކުގެ މައިގަނޑު ބޭނުމެވެ.

އެމްއެފްޑީއޭގެ އައު ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ޔަޤީންވާ ގޮތަށް ބަންދުކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން، ކާބޯތަކެތީގެ ބާވަތާއި މުއްދަތު ހަމަވާ ތާރީޚު ފަދަ މުހިންމު މަޢުލޫމާތު ލޭބަލްގައި ހިމެނުން ގަވާއިދުން ލާޒިމުކޮށްފައިވެއެވެ.

ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

Advertisement

ކޮމެންޓް