Advertisement

ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި

27 Sep 2026 | 16:11
ހޮޓެލް އޭޝިއާ 2026 ގެ ތެރެއިން --

ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން ފަށައިފިއެވެ.

މި މުބާރާތް އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެމްއީސީއެސް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި މުބާރާތް ކުރިއަށްދާނީ 2026 ސެޕްޓެމްބަރު 27 އިން 30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަދި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. އަދި މި މުބާރާތާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ވެސް ސެޕްޓެމްބަރު 28 އިން 30 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެއެވެ.

Advertisement

މި އަހަރުގެ މުބާރާތުގައި އެކި ބައިތަކުން ގާތްގަނޑަކަށް 600 އެންޓްރީ ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ފުންނާބުއުސް 43 ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މީގެ ތެރޭގައި ދިވެހި 11 ފަނޑިޔާރުން ވެސް ހިމެނެއެވެ. މި މުބާރާތް 2002 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަނީ ޕްރޮޖެކްޓް ޑިރެކްޓަރު އަދި ވޯލްޑްޗެފްސް ސެޓިފައިޑް އިންޓަނޭޝަނަލް ޖަޖް ޝެފް އެލަން ޕާމާގެ ބެއްލެވުމުގެ ދަށުންނެވެ.

ވޭތުވެދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގެ ޝެފުންގެ ހުނަރު ދައްކާލުމަށް ފުރުސަތު ހުޅުވާލަދިން މި މުބާރާތުގައި މިއަހަރު ވެސް ގިނަ ކެޓަގަރީތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ލައިވް ކުކިންގ، ޕޭސްޓްރީ، ބެވަރޭޖް އަދި ޒުވާން ޝެފުންނަށް ޚާއްސަ ކެޓަގަރީތައް ހިމެނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކެއްކުމަށް ބާރުއެޅުމުގެ ގޮތުން "ބާގަރ-ލޯ ވޭސްޓް ޗެލެންޖް" އަދި ދިވެހި ރަހަތައް ބައިނަލްއަޤްވާމީ ފެންވަރަކަށް ގެންދިއުމަށް މަގުފަހިކުރާ "މޯލްޑިވިއަން ޑިޝް" ކެޓަގަރީ ފާހަގަކޮށްލެވެއެވެ.

އެމްއީސީއެސް އިން ފާހަގަކުރި ގޮތުގައި މި މުބާރާތަކީ ހަމައެކަނި ވާދަކުރުމެއް ނޫނެވެ. މިއީ ޒުވާން ދިވެހި ޝެފުންނަށް ކެއްކުމުގެ ދާއިރާއިން ކުރިއަށްދިއުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަހުލުވެރިވެ، އެގްޒެކެޓިވް ޝެފުންގެ ފެންވަރަށް ވާސިލުވުމަށް މަގުކޮށައިދޭ ވަރަށް މުހިންމު ތަމްރީނު ޕްލެޓްފޯމެކެވެ.

Advertisement

ކޮމެންޓް