Advertisement

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމާލާދީ ފައިސާ ފޭރެން އުޅުނު މައްސަލައެއް ބަލަނީ

26 Sep 2026 | 00:11
ރ. މަޑުއްވަރި --

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއްގެ ގައިގައި ތަޅައި އޭނާގެ އަތުން ފައިސާ ފޭރިގެން ތުހުމަތުކުރެވޭ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 06:04 ހާއިރު ބިދޭސީ ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަންހެން މީހާގެ އަތުން ފައިސާ ފޭރިގަތް މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

Advertisement

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ބަންގްލަދޭޝް ފިރިހެނެކެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ ފިރިހެން މީހާ ވަނީ އެ އަންހެން މީހާ ބިންމައްޗަށް ވައްޓާލައި ގައި މައްޗަށް އަރައި އޭނާގެ އަނގަމަތީ އަތް އަޅައި ބާރުކޮށްފައެވެ. އެ ވީޑިއޯއިން މަގުމައްޗަށް ގިނަ ޢަދަދެއްގެ ރުފިޔާ ވަޔަށް ބުރައިގެން ގޮސްފައި ހުރި މަންޒަރު ވެސް ފެނެއެވެ.

އެމީހާ ގައިމަތިން ތެދުވެގެން ބިދޭސީ މީހާ ދަނީ ވީޑިއޯ ކުރަމުން ދިޔަ މީހާއަށް އެތަން ފެނި ވީޑިއޯ ކުރާތަން ފެނުމުންނެވެ.

Advertisement

ކޮމެންޓް