Advertisement

ނަތަންޔާހޫ އެެމެރިކާ ދަތުރުގައި އުޅެންޖެހުނު ގޮތުން އަމިއްލަ ގައުމުން މަލާމާތާއި ފުރައްސާރަ އަމާޒުވަނީ!

25 Sep 2026 | 11:40
ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދެއްކި ގަޑީގައި ނިއުޔޯކްގައި އޭނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް --

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރާ ދަތުރުގައި ކުރިމަތިވަމުންދާ ކަންކަމާއި އުޅެންޖެހޭ ގޮތުން އަމިއްލަ ގައުމުން މަލާމާތާއި ފުރައްސާރަ އަމާޒުވަމުން އެބަދެ އެވެ.

އިޒްރާއީލުގެ ސިޔާސީ ތަޖުރިބާކާރުންނާއި ދިރާސާ ކުރާ ފަރާތްތަކާއި ތަފާތު ދާއިރާތަކުގެ ޝަހުސިއްޔަތުން ވަނީ މަންޒަރުތަކުން ފެންނަނީ ނަތަންޔާހޫ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ ބާކީވެފައިވާތަން ފެންނަމުންދާ ކަމަށް ބުނެފައި އެވެ.

Advertisement

އިސްރާއީލުގެ ސިފައިންގެ އިންޓެލިޖެންސް އެނަލިސްޓެއް ކަމުގައިވާ ބަރާކް ސެރީ ބުނީ ނަތަންޔާހޫގެ މި ޒިޔާރަތަކީ ވަރަށް އާދައާ ޚިލާފު ވަރަށް ކުރު ބައްދަލުވުންތައް ނެތެއް ކަހަލަ ޒިޔާރަތެއް ކަމަށެވެ. ސެރީ މަޙައްލީ އިޒްރޭލުގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ނަތަންޔާހޫ ބާކީވެފައި ހުރިކަން އެނގެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އޭނާއާ ބައްދަލުނުކުރުމުން ކަަމަށެވެ.

އިޒްރޭލުގެ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށްވާ އެލީ އޮހާނާ ހަމަ އެ ރޭޑިއޯ ސްޓޭޝަނަށް ދިން އިންޓަވިއުގައި ބުނީ ގައުމުން ބޭރުގައި އުޅޭއިރު އޭނާގެ އިހުސާސާއި ގައުމާއި ދޭތެރޭ ދެކޭގޮތް ހާމަ ނުކޮށް ވަންހަނާކޮށްގެން ހުންނަ ކަމަށެވެ. ނަމަވެސް މިހާރު ގައުމުގައި އިނދެގެން ނަތަންޔާހޫގެ ދަތުރުގައި އުޅެންޖެހިފައިވާ ގޮތް ފެނުމުން ކުރެވެމުންދަނީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ތެލް އެވީވަށް ކަނޑައެޅި އެމެރިކާގެ ކުރީގެ ސަފީރު ޑޭން ޝެޕީރޯ ބުނީ އެމެރިކާގައި އިސްރާއީލުގެ ދަރަޖައަށް ކުރިން ދުވަހަކު ނާންނަ ވަރުގެ ވެއްޓުމެއް އައިސްފައިވާ ކަމަށެވެ. 2011 އިން 2017 އަށް ސަފީރުކަން ކުރި ޝެޕީރޯ ބުނެފައިވަނީ މި ވެއްޓުމަކީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ވެސް އިޒްރޭލާއި މެދު ދެކޭގޮތް ކުރިން ނެތް މިންވަރެއް ކަމަށެވެ.

އޭނާ ބުނީ އިޒްރޭލާއި މުއާމަލާތް ކުރަން ޓްރަމްޕު ބޭނުންވަނީ އެހެން ސަރުކަރާކާއި ކަމަށް ބުނަން ޖެހޭ ދުވަސްވެސް އައިދާނެ ކަމަށެވެ. އިޒްރޭލު މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕާ ބައްދަލުކުރުމަށް ކުރިން މަސައްކަތް ކުރި ނަމަވެސް މިހާރުގެ ތާވަލުގައި އެ ބައްދަލުވުން ހިމެނިފައެއް ނެތެވެ.

ނިއު ޔޯކުގައި ނަތަންޔާހޫއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ. އަދި އދ. ގައި އިއްޔެ އޭނާ ތަގުރީރު ކުރަން ފެށުމާއި އެކު 77 ގައުމެއްގެ ވެރިން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ހޯލު ދޫކޮށް ނުކުމެފައި އެވެ.

ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދެއްކި ގަޑީގައި ވޮޝިންޓަންގައި އޭނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް -- 

އިސްތިއުމާރީ އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 8 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުގައި ގާތްގަނޑަކަށް 74,000 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް 175,000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްފައިވާ އިރު ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޣައްޒާގެ ޢުމްރާނީ ބިނާގެ 90 އިންސައްތައެއްހާ މިންވަރު ހަލާކުކޮށް އަލުން ބިނާ ކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އދ. އިން ލަފާ ކޮށްފައިވެއެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅު ހަމަލާތައް ވަނީ އިތުރުވެފައެވެ.

ނަތަންޔާހޫގެ މައްޗަށް ރިޝްވަތު ދިނުމާއި ފްރޯޑާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ތިން ވަކި ކޮރަޕްޝަން މައްސަލައެއްގައި ދައުވާ އުފުލިފައި ވެއެވެ. އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރުގައި ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ވަނީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.

މި އަމުރާއި ގުޅިގެން ނިއުޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެފައިވަނީ ނަތަންޔާހޫ އަކީ ހައްޔަރު ކުރަން ޖެހޭ މީހެއް ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މަމްދާނީގެ އެ ބަހާއި ގުޅިގެން ބިރުން ނަތަންޔާހޫ އެމެރިކާއަށް ދިޔަ ފްލައިޓު ޖެއްސީ އެހެން ސިޓީއެއްގެ އަސްކަރީ އެއާޕޯޓަކަށެވެ. އަދި ވިއުޔޯކްގައި އޭނާ މަޑުކުރީ މަދު ވަގުތުކޮޅަކަށެވެ.

އިސްރާއީލުގެ ޢާންމު އިންތިޚާބު އޮކްޓޫބަރު 27 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ބަދަލުވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

ކޮމެންޓް