އައްޑޫ ލިންކް ރޯޑޫ އަލުން ތަރައްގީ ކުރަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާއެކު އެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގް އެވެ.
އެ މިނިސްޓްރީން ބުނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކުރާނެ ކަމަށެވެ. މީގެ އިތުރުން ލިންކުރޯޑްގެ 12.3 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރާނެ އެވެ.
ރޯޓައިމް އާއި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހަވާލު ކުރި އިރު އެ ކުންފުންޏަކީ ރާއްޖޭގައި މިހާރުވެސް މަޝްރޫއުތައް ކުރިޔަށް ގެންދާ ކުންފުންޏެކެވެ. އެގޮތުން ހުޅުމާލޭ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއި އެވެ.