ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ، އިޒުޢާން، އިނާޒު އަދި ޒީކަށް
މިއަހަރުގެ ގައުމީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފި އެވެ.
މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ވަނަ ހޮވާ ތިން ބައިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ލިބުނު ބައިވެރިންނަށް އިނާމު ދީފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ވަނަ ހޮވާފައިވަނީ ހާފިޒުންގެ ބައި، ނުބަލާ އަދި ބަލައިގެން ކިޔުމުގެ ބައިންނެވެ.
138 ބައިވެރިޔަކު ފައިނަލުގައި ވާދަކުރި މި މުބާރާތުގައި ޙާފިޡުންގެ ބައިން އެއްވަނަ ހޯދީ އިސްމާޢީލް އިޒުޢާން އިބްރާހީމް، ހމ. ފްލެޓް 02 ޖީ 141 މާލެއެވެ. ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން އެއްވަނަ ހޯދީ އާޔަން އަޙްމަދު ޢިނާން ހަވީރީނާޒް، ގދ. ގައްދޫއެވެ. ޢާއިޝަތު ޒީކް ރިޔާޟް އޯޝަން، ސ. ފޭދޫ އެއްވަނަ ހޯދީ ނުބަލައި ކިޔުމުގެ ބައިންނެވެ.
މިއަހަރަކީ ގައުމީ ޤުރުއާން މުބާރާތުގައި އެންމެ އަގު ހުރި އިނާމު ހުށަހެޅުނު އަހަރެވެ. މުޅި މުބާރާތުން އެއްވަނައަށް ދިޔަ ތިން ބައިވެރިންނަށް އެއް ލައްކަ ރުފިޔާ އާއި އެކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ލިބިފައިވެ އެވެ. މި ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.
އަދި ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރާއި ޓްރޮފީ ލިބިފައިވެ އެވެ. މި ތިން ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި މުބާރާތުގެ އިތުރު ވަނަތަކަށް ދީފައިވާ ފައިސާ އިނާމުތަކުގެ ތެރޭގައި މުޅި މުބާރާތުން ތިން ބައިން ދެވަނަ ހޯދި ފަރާތްތަކަށް 50،000 ރުފިޔާ، ތިން ވަނަ ހޯދި ފަރާތްތަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ. އުމުރު ފުރާތަކުން އެއް ވަނައަށް 15،000 ރުފިޔާ، ދެ ވަނައަށް 12،000 ރުފިޔާ އަދި ތިން ވަނަ އަށް 9،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ.
މީގެ ކުރީގެ މުބާރާތްތަކުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލުކުރާ ގޮތަށް ކަމަށް ވީ ނަމަވެސް މި ފަހަރުގެ މުބާރާތުގައި ވަނީ ބޭނުން ކޮންމެ ފަރާތަކަށް ފަރުދީ ގޮތުން ބައިވެރިވެ އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތް ހަމަޖައްސައިފައެވެ. ޤަވާއިދަށް އަލަށް ގެނައި ބަދަލާ އެކު ސެމީ ފައިނަލާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފުކުރެއްވި ދެ ފަނޑިޔާރުންގެ ޕެނަލުގައި ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ޤައުމީ ޤުރުއާން މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވައެވެ. އެ ގޮތުން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހައްދަވައިދެއްވައި މުބާރާތުގެ ޚަރަދުތައް ސީދާ ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދެއްވައިފައިވެއެވެ.
މީގެ އިތުރުން ޙާފިޡުންގެ ޢިނާޔަތް ދެ ގުނައަށް ބޮޑުކުރެއްވުމާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް އަތޮޅުތެރޭގައި ޤުރުއާން ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަކީ ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ.