Advertisement

އީރާނުގެ ރައީސް ޓެރަރިޒަމުގެ ތުހުމަތު ދޮގުކޮށް ޓްރަމްޕަށް ރައްދު ދީފި

24 Sep 2026 | 10:11
އިރާންގެ ރައީސް އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަނީ --

އީރާނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރުމާ ގުޅިގެން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އެ ވާހަކަ ދޮގުކޮށް އީރާނަކީ ޓެރަރިޒަމުގެ ޝިކާރައެއް ކަމަށް އދ. ގެ ޢާންމު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެއް ދުވަސް ކުރިން ދެއްވި ތަޤުރީރެއްގައި އީރާނަކީ "ނަންބަރު ވަން ސްޕޮންސާ އޮފް ޓެރާ" ކަމަށް ސިފަކުރުމާ ގުޅިގެން ޕެޒެޝްކިއާން ރައްދު ދެމުން ވިއިއްޔެ ޓްރަމްޕް ބުނީ އަހަރެމެންނަކީ ޓެރަރިސްޓުންނޭ. އަހަރެމެންނަކީ ޓެރަރިސްޓުންނެއް ނޫން — އަހަރެމެންނަކީ ޓެރަރިޒަމުގެ ޝިކާރައެއް" ކަމަށެވެ.

Advertisement

މީގެ އިތުރުން ޕެޒެޝްކިއާން ފާހަގަކުރީ މި އަހަރު ކުރީކޮޅު އެމެރިކާ އާއި އިސްތިޢުމާރީ އިސްރާއީލު ގުޅިގެން ދިން ޢަސްކަރީ ހަމަލާތަކުގައި އީރާނުގެ ލީޑަރަކު އެއްވެސް ހަމައެއް ނެތި ޝަހީދުކޮށްލާފައިވާ ކަމެވެ. އީރާނުގެ ސިޓީތަކާއި ޕްރޮވިންސްތަކުގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ހަމަލާ ދީ އެކި ފަރާތްތައް އެސެސިނޭޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކޮށް އެ ޢަމަލުތައް ސިފަކުރީ "ހަޤީޤީ ޓެރަރިޒަމް"ގެ ގޮތުގައެވެ.

"އީރާނުގެ ރައްޔިތުން ވޭތުވެ ދިޔަ ހަތް މަސް ދުވަހު ޤައުމު ދިފާޢުކުރަމުން ގެންދޭ" ކަމަށް ވެސް ޕެޒެޝްކިއާން ބުންޏެވެ.

މި ބަޔާންތައް ގެނެސްފައި ވަނީ އީރާނާއި އެމެރިކާ އަދި އިސްތިޢުމާރީ އިސްރާއީލާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށް އަނަދޮލޫ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް