Advertisement

ޕްލާސްޓިކް ހޮޅި އެތެރެކޮށް ވިއްކުން 2031 ވަނަ އަހަރާ ހަމައަށް ހުއްދަކޮށްފި

19 Sep 2026 | 17:04
-

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ބަދަލު ގެނެސް އެއްފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކޮށް އުފައްދައި ވިއްކުން 2031 ވަނަ އަހަރާ ހަމައަށް ހުއްދަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ލަފާގެ މަތީން ގެންނެވި މި އިސްލާހާ އެކު ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީހަކީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހެވެ. އަދި އެ ތަކެތި އުފައްދައި ވިއްކުން މުޅީން މަނާވާ ތާރީހެއް ކަމުގައި ކަނޑައަޅާފައިވަނީ 2031 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހެވެ.

Advertisement

ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން ފުރަތަމަ މަނާކުރީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. އެއަށް ފަހު އެ ބާވަތުގެ ހޮޅި އުފައްދައި ވިއްކުން 2022 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި މަނާކުރީ ޕްލާސްޓިކް ހޮޅީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބޭނުމުގައެވެ.

Advertisement

ކޮމެންޓް