Advertisement

ވަތަނީ ޚިދުމަތުގެ ތިން ވަނަ ބެޗުން 341 ޒުވާނުން މިއަދު ދަސްވެނިވެއްޖެ

19 Sep 2026 | 13:41
ފޮޓޯ: ރައީސް އޮފީސް

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ތިން ވަނަ ބެޗުގެ 341 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުއެވެ.

Advertisement

އެ ރަސްމިއްޔާތުގައި ދަސްވެނިވި ޒުވާނުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށަކަށް ނިސްބަތްވާ 62 އަންހެނުންނާއި 279 ފިރިހެނުންނެވެ. މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު 350 ދަރިވަރުންނާ އެކު ފެށި މި ބެޗުގެ ތަމްރީނު ކާމިޔާބުކަމާ އެކު ނިންމައިލީ 14 ހަފުތާ ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނު ފުރިހަމަކުރި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބައެއް ކަމަށެވެ.

އެ ޒުވާނުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ދަށުން ހިންގާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން ޕްރޮގްރާމުން މިހާތަނަށް ޖުމްލަ 1,028 ޒުވާނުން ތަމްރީނުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް