Advertisement

ގައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެ ނުރައްކާތެރި ބޯހިޔާވަހިކަމުގެ ހާދިސާއެއް ހިނގައިފި

19 Sep 2026 | 16:16
-

އިސްތިއުމާރީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ގާތްގަނޑަކަށް އެއް އަހަރު ފުރެން ކައިރިވެފައިވާއިރު ގައްޒާ ސިޓީގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާ ނުރައްކާތެރި ހާލަތަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިއްޖެއެވެ.

ގައްޒާގެ ސިއްހީ ވުޒާރާއިން ބުނީ ބުދަ ދުވަހު ވެއްޓުނު އިމާރާތުގައި ދިރިއުޅެމުން ގެންދިޔައީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާއިލާތައް ކަމަށެވެ. ހަމައެފަދައިން ހުކުރު ދުވަހު ކުރި ވިއްސާރައިގާ ގައްޒާ ސިޓީގެ އެހެން އިމާރާތެއްގެ ފުރާޅު ވެއްޓި ހަތަރު ކުޑަކުއްޖަކަށް ކޮންމެވެސް ވަރެއްގެ އަނިޔާ ލިބިފައިވާ ކަމަށް ސިވިލް ޑިފެންސް ފޯސް އިން ބުނެފައިވެއެވެ. ސުލްހައިގެ މަޝްވަރާތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަކަށް ނުދެއެވެ. އިސްރާއީލުން އިމާރާތްކުރުމުގެ ގާތްގަނޑަކަށް ހުރިހާ ސާމާނެއް ގައްޒާއަށް ވެއްދުން މަނާކޮށްފައިވާތީ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުންވެސް ވަނީ ނުހަނު ދަތިކަމަކަށް ވެފައެވެ. އެހެންނަމަވެސް ގިނަ އާއިލާތަކެއް ވަނީ ބިންގާ ބަލިކަށިވެ ފާރުތައް ވެއްޓިދާނެ ނުރައްކާ އޮތް ނަމަވެސް ހަނގުރާމައިގައި ގެއްލުން ލިބިފައިވާ އެތައް ލައްކަ ގެއެއްގެ ތެރެއިން ގެތަކަށް އެނބުރި ބަދަލުވެފައެވެ.

Advertisement

ސެޕްޓެމްބަރު ފުރަތަމަ ހަފުތާގައި ހިޔާވަހިކޮށް ފޯރުކޮށްދޭ ފަސް ތަނެއް ވެއްޓިފައިވާ ކަމަށް އދ. ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ބުނެފައިވެއެވެ. ފަލަސްތީނުގެ ޕަބްލިކް ވާކްސް ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު 2,000 އަށް ވުރެ ގިނަ އިމާރާތް ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. ވާރލްޑް ބޭންކާއި އދ. ގެ ގުޅިފައިވާ ރިޕޯޓެއް ދައްކާ ގޮތުން ހަމާސް ހަތިޔާރު ބޭއްވުމެދެން ގައްޒާގައި އެއްވެސް އިމާރާތެއް ކުރުމަށް އިސްރާއީލުން ހުއްދަ ނުދޭނެ ކަމަށް ބުނެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ނުރައްކާތެރި ތަންތަނުގައި ދިރިއުޅެން ޖެހިފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ގެދޮރުގެ 76 އިންސައްތަ ޔުނިޓަށް ގެއްލުން ލިބިފައި ނުވަތަ ހަލާކުވެފައިވާ ކަމަށާއި މި ގެއްލުން ސިފަކޮށްފައިވަނީ "ކެޓަސްޓްރޮފިކް" ގެ ގޮތުގައެވެ.

ނޯވީޖިއަން ރެފިއުޖީ ކައުންސިލާއި އެހެން އެހީ ޖަމާއަތްތަކުން ދާދި ފަހުން ވަނީ ހިޔާވަހިކަމާއި އިމާރާތްކުރުމުގެ ސާމާނު ގައްޒާއަށް ވެއްދުމަށް ހުއްދަ ދިނުމަށް އިސްރާއީލަށް ގޮވައިލައިފައެވެ. އޮގަސްޓް ފަހުކޮޅާއި ސެޕްޓެމްބަރު ކުރީކޮޅު ލަކުޑިއާއި އެމަޖެންސީ ހިޔާ ކިޓު ވެއްދުމުގެ ހުށަހެޅުން ސަލާމަތީ ސަބަބުތައް ދައްކައި އިސްރާއީލުން ދެ ފަހަރެއްގެ މަތިން ވަނީ ބޭރުކޮށްލައިފައެވެ. ލަކުޑި ހިޔާ ކިޓު އެކްސްކަވޭޓަރު އަދި ނުރައްކާތެރި ކުނި ސާފުކުރުމަށް ބޭނުންވާ އެހެނިހެން ސާމާނު ވެއްދުމަށް އެ ޖަމާއަތްތަކުން ގޮވައިލައިފައިވީ ނަމަވެސް "ދެ ބޭނުމަކަށް ބޭނުންކުރެވިދާނެ" ސާމާނު ކަމަށް ބުނެ އެފަދަ ތަކެތި ވެއްދުން ހުއްޓުވުމަކީ އިސްރާއީލުން ޒަމާނުއްސުރެ ގެންގުޅެމުންދާ ސިޔާސަތެކެވެ.

Advertisement

ކޮމެންޓް