Advertisement

މަޝްހޫރު ޑްރާމާ ސިލްސިލާ "ގާލްސް" ގެ ޑައިރެކްޓަރު ލީނާ ޑަންހަމަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ

17 Sep 2026 | 09:19
ލީނާ ޑަންހަމް އާއި ފިރިމީހާ --

މަޝްހޫރު ޓީވީ ސިލްސިލާ "ގާލްސް"ގެ ޑައިރެކްޓަރު ލީނާ ޑަންހަމަށް ސަރޮގެސީ މެދުވެރިކޮށް ފުރަތަމަ ދަރިފުޅު ލިބިފައިވާކަން ހާމަކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ލާނާ ބުނީ ފިރިމީހާ ލުއިސް ފެލްބާއާ ދެމީހުން ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ. އޭނާ ބުނީ އުމުރުން 31 އަހަރުގެ ރަހިމު ނަގަން ޖެހުމުން ދަރިން ލިބުމުން މަހުރޫމުވުމުން މި ވޭތުވެ ދިޔަ އަހަރުތަކުގައި ހިތްދަތި ދުވަސްތަކެއް ދެމަފިރިން ހޭދަކޮށްފައިވާ ކަމަށެވެ.

Advertisement

ދަރީން ހޯދުމުގެ ދަތުރު ޑަންހަމް ސިފަކޮށްފައިވަނީ ދިގު އަދި ގޮންޖެހުން ބޮޑު މަގެއްގެ ގޮތުގައެވެ.

އޭނާ ބުނީ ޢާއިލާ ބިނާކުރުމުގެ ހުވަފެނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެތައް އަހަރެއްގެ މެދުކެނޑުމެއް ނެތް މަސައްކަތަށް ފަހު މިހާރު ވަނީ މައިވަންތަކަމުގެ ހުވަފެން ހަޤީޤަތަކަށް ހަދައިފައެވެ.

ލީނާ އަކީ ޑައިރެކްޓަރެއްގެ އިތުރުން ރައިޓާ އެކެވެ.

އޭނާ ޑައިރެކްޓުކޮށްފައިވާ މަޝްހޫރު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ޓޫމަޗް" އަދި "އެމެރިކަން ހޮރޯ ސްޓޯރީ" ހިމެނެ އެވެ.

Advertisement

ކޮމެންޓް