Advertisement

އެމެރިކާގެ ޓީވީ ސްޓޭޝަނެއްގެ ހެލިކޮޕްޓަރެއް ވެއްޓި ނޫސްވެރިއަކު ހިމެނޭހެން ތިން މީހުން މަރުވެއްޖެ

16 Sep 2026 | 22:16
މަރުވި ޕައިލެޓާއި ފޮޓޯ ޖާނަލިސްޓް --

އެމެރިކާގެ ލޮސް އެންޖެލީސްގެ ޗެޓްސްވޯތު ސަރަޙައްދުގައި އެން‌ބީސީ ޓީވީ ސްޓޭޝަނުގެ ނިއުސް ހެލިކޮޕްޓަރެއް ވެއްޓި ތިން މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވީ ހެލިކޮޕްޓަރުގައި ތިބި ދެ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި އެ ޓީވީ ސްޓޭޝަންގެ ނޫސްވެރިއަކާއި ހެލިކޮޕްޓަރު ދުއްވަން އިން މީހާގެ އިތުރުން ބިން މަތީގައި ހުރި މީހަކު ހިމެނެ އެވެ.

Advertisement

މި ހާދިސާގައި މަރުވެފައިވަނީ އެންބީސީގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ އެލިއާނާ މޮރީނިއޯ އެވެ. އެންބީސީއަކީ އެމެރިކާގެ އަމިއްލަ ނޫސް އެޖެންސީ އެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ ސަރަޙައްދުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއް ކަވަރުކުރަމުން ދަނިކޮށެވެ. ލޮސް އެންޖެލީސް ފަޔާ ޑިޕާޓްމެންޓް (އެލް‌އޭ‌އެފް‌ޑީ) ގެ ތަރުޖަމާނަކު މަޢުލޫމާތު ދެމުން ބުނީ އެ ހާދިސާގައި ހެލިކޮޕްޓަރު ވެއްޓުނީ ދެ ވިޔަފާރި އިމާރާތުގެ ދޭތެރެއަށް ކަމަށެވެ.

އެ ހާދިސާގައި ހަތަރު އުޅަނދަކާއި ދެ ސްޓޯރޭޖު ކޮންޓެއިނަރަށް އަލިފާން ފެތުރުނެވެ. މަރުވި މީހުންގެ އިތުރުން ޒަހަމްވި އިތުރު ދެ މީހަކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން ޖެހުނު ސަބަބެއް އަދި ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހެލިކޮޕްޓަރު ކަވަރުކުރަން ނުކުތް ބަސް ހާދިސާގައި ދެ މީހަކު މަރުވެ ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް