މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމް ކޮށްލައިފި
މާލޭގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ކުރީ ރޭ މެންދަމު 2:30 ހާއިރު އެވެ. މާރާމާރީ ހިންގީ ގަލޮޅު، ހުވަފެނީގޯޅީގައި އެވެ.
މި މާރާމާރީގައި ޒަހަމްވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އިމަޖެންސީގައި ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.