Advertisement

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި

16 Sep 2026 | 13:23
ގަވައިދާ ހިލާފަށް އުޅެނިކޮށް ފެނުނު ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

އެ ބޯޓު ހިފެހެއްޓީ މިއަދު އެވެ.

ބޯޓު ފެނިފައިވަނީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުންނެވެ.

އެ ބޯޓުގައި 6 މީހުން ތިއްބެވެ. ބޯޓު މިހާރު މާލެ ގެނެއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

Advertisement

ކޮމެންޓް