Advertisement

ޕީއެންސީ ސެނެޓުގެ އަންހެނުންގެ 10 ގޮނޑިއަށް މެންބަރުން ހޮވައިފި، އެންމެ ގިނަ ވޯޓު ޝިއުނާއަށް

ޕީއެންސީ އަންހެނުންގެ މަޖިލީހަށް ވާދަކުރި ބޭފުޅުން -- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ ތެރެއިން މިއަދު ބޭއްވި ވޯޓުލުމުގައި އެ ޕާޓީގެ ސެނެޓުން އަންހެނުންނަށް ޚާއްޞަކުރި 10 ގޮނޑިއަށް 22 ކެންޑިޑޭޓުންގެ ތެރެއިން މެންބަރުން އިންތިޚާބުކޮށްފިއެވެ.

ޕީއެންސީ ކޮންގްރެސް ފެށުނީ އިއްޔެ އެވެ. މި ކޮންގްރެސްގައި ސެނެޓުން އަންހެނުންނަށް ހާއްސަ ކުރި ގޮނޑިތަކުގެ އިތުރުން މުހިންމު މަގާމުތަކަށް ދަނީ މެމްބަރުން އިންތިހާބު ކުރަމުންނެވެ.

Advertisement

ސެނެޓުން އަންހެނުންނަށް ޚާއްޞަކުރި 10 ގޮނޑި ކާމިޔާބުކުރެއްވީ:

މަރްޔަމް ޝިއުނާ

ޝެރީން ޢަބްދުއްޞަމަދު

ޢާއިޝަތު މުޙައްމަދު

ފާޠިމަތު ރުހުސާނާ

ފާޠިމަތު މިޒުނާ

ފާޠިމަތު މުޙައްމަދު

އާސިޔަތު ރިޔާސާ

އާމިނަތު ނަމްޒާ

އާމިނަތު ޝުހުދާ

މަރިޔަމް ސާމިޔާ

މީގެ ތެރެއިން 931 މަންދޫބުންގެ ތާއީދާއި އެކު އެންމެ ގިނަ ވޯޓު ލިބުނީ މަރްޔަމް ޝިއުނާއެވެ.

އިއްޔެ ފެށި މި ކޮންގްރެސްގައި މިއަދު ކުރިއަށް ގެންދަނީ ޕާޓީގެ އެކި މަޤާމުތަކަށް ބޭފުޅުން ހޮވުމުގެ ވޯޓުލުންތަކެވެ.

ނައިބު ރައީސްގެ މަޤާމަށް ހަ ބޭފުޅަކު މިހާރު އިންތިޚާބުކޮށް ނިމިފައިވާ އިރު ސެނެޓުގެ ޒުވާނުންނަށް ޚާއްޞަ ގޮނޑިތަކަށް ވެސް މެންބަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ދެއެވެ.

މީގެ އިތުރުން ސެނެޓުގައި ހުރިހާ ފަރާތަކަށް ވާދަކުރެވޭ ގޮތަށް ހުޅުވައިލާފައިވާ 18 ގޮނޑިއަކަށް 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ އިރު އެ ގޮނޑިތަކުގެ ވޯޓުލުން ވެސް ކޮންގްރެސް ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް