Advertisement

ކާށިދޫ ކަނޑަށް ދިޔަވި ދޯނި އޭދަފުއްޓަށް ގެންގޮސްފި، ލަކުޑި ފަތިތައް އޮޔާދާތީ ސަމާލުވާން އެދެފި

16 Sep 2026 | 13:48
ދޯނި ދިޔަވާންފެށި އިރު އޮތް ސަރަހައްދު --

މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏި ބ. އޭދަފުއްޓަށް ގެންގޮސްފި އެވެ.

އެ ދޯނި ދިޔާވާން ފެށީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސްގެން ލަނކުޑިތަކެއް މޫދަށް ވެރުނު ވަގުތު އަރިއަޅާލައިގެންނެވެ. ފުލުހުންނަށް ރިޕޯޓު ކުރުން ދޯނިން ދިޔަ ހިތްކުމުގެ މަސައްކަތް ކޮށްދީފައިވެ އެވެ.

Advertisement

ފުލުހުން ފަހުން ބުނީ މިހާރު އެ ދޯނި ރައްކާތެރި ކަމާއި އެކު އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށާއި އޭގެން ދަތުރު ކުރި މީހުންވެސް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ތަކެތި އޮޔާދާ ކަމަށް ބެލެވެނީ ބ. އޭދަފުށީ އިރު ދެކުނުން ހަތަރު ނޯޓިކަލް މޭލާއި ދިމާ ބޭރުންނެވެ.

 ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވެ އެވެ.

Advertisement

ކޮމެންޓް