އަންހެނުންގެ ކާމިޔާބު ގުޅިފައިވަނީ ބަރުދަނާ ކަމަށް ބުނެ ކެޓްރީނާ ފަލަކަމުން ފާޑުކިޔައިފި
އިންޑިއާގެ މުމްބާއީގެ ދީނީ ހަފުލާއެއްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ވިހެއުމަށް ފަހު ބަރުދަން އިތުރުވެފައި ހުރި ކަމަށް ބުނެ އެތައް ބަޔަކު ފާޑުކިޔައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާ ދުވަސް ކޮށްފައި ކެޓްރީނާ ފިރިމީހާ އާއި އެކު ހަފްލާއަކުން ފެނުމުން ގިނަ މީހުންގެ ލޮލަށް ފެނުނީ އޭނާގެ ބަރުދަން އިތުރުވެފައިވާ ހަށިގަނޑު އެކަންޏެވެ.
ފާޑުކީ މީހުން ބުނެފައިވާ ގޮތުގައި ކެޓްރީނާ ހުރީ ނިމިފަ އެވެ. މީހުން ބުނެފައިވާ ގޮތުގައި އަންހެނެއްގެ ކާމިޔާބު ކަނޑައެޅެނީ ބަރުދަން ކިލޯގެ އަދަދުންނެވެ. ސައިޒް ސުމެއްގައި ހުރި މީހަކު ބޮލީވުޑްގައި މަސައްކަތް ކުރަމުން ވިހައިގެން ބަރުދަށް ލުއި ނުކުރެވުމަކީ ކެރިއަރުގެވެސް ނިމުން ކަމަށް ބުނި މީހުންވެސް ގިނަ އެވެ.
ބައެއް މީހުން ވަނީ ހަންގަނޑު ރީތި ކުރަން އިންޖެކްޝަން ޖަހައި ޕްލާސްޓިކުން ހަން ބަދަލުކޮށް އެތައް އަހަރެއް ހޭދަކުރީމައި މުސްކުޅިވާ ގޮތަކީ އެއީ ކަމަށްބުނެ ވަރަށް ނަފުރަތުގެ ކޮމެންޓުތައްވެސް ކޮށްފައި އެވެ.
ކެޓްރީނާ މިފަހުން ބައިވެރި ހަފްލާގައި --
އެ ހިޔާލުތަކަށް ފާޑުކީ މީހުން ބުނީ ކެޓްރީނާގެ ހިތްވަރަށް ސާބަސް ދޭން ޖެހޭ ކަމަށެވެ. ވިހާގޮތަށް ދެ މަސްތެރޭ ކުރީގެ ހަށިގަނޑު ގެންނަން ލިބޭ ދަރިފުޅާއި އިންސާނެއްގެ ހަށިގަނޑަށް އަޅާނެ ވޭނަކަށް ބެލުމެއް ނެތި ތަރިން ކުރާ ވަރުގަދަ ކަސްރަތުތައް ނުކޮށް ކެޓްރީނާ ހަށިގަނޑަށް އައި ބަދަލުތައް ބަލައިގަނެ ދިރިއުޅުން ހިތްހަމަޖެހިގެން ކުރިއަށް ގެންދިޔުމަށް ނިންމުމަކީ ހިތްވަރުގަދަ އުފާވެރި ނިންމުމެއް ކަމަށެވެ.
އަނެއް ބަޔަކު ވަނީ ކެޓްރީނާގެ ފަލަ ހަށިގަނޑުން ފެންނަމުންދަނީ އަންހެނެއްގެ ކިބައިން ވިހެއުމަށް ފަހު ފެންނަން ވާނެ ހިތްގައިމު ސިފަ ކަމަށެވެ. އަދި އެކަމާއި އޭނާގެ ކާމިޔާބީއާ ގުޅުވެން ނެތްކަން ކެޓްރީނާގެ މަގުބޫލު ކަމާއި ވިޔަފާރިއަށް ބަލާލުމުން އެނގޭ ކަމަށް ބުނެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކެޓްރީނާގެ ކޭ ބިއުޓީ ބްރޭންޑުގެ ވިޔަފާރި 2025 ވަނަ އަހަރުގެ 240 ކުރޯރު ރުޕީޒް އިން 2026 ވަނަ އަހަރު 350 ކުރޯރު ރުޕީޒް އަށް އެރީ %46 ގެ ކުރިއެރުމަކާ އެކުގައެވެ. މިހާރު އެ ބްރޭންޑް ހަމައެކަނި އިންޑިއާގައެއް ނޫނެވެ އިނގިރޭސިވިލާތުގައި ލޯންޗުކޮށް މެދުއިރުމައްޗަށް ވެސް ފުޅާ ކުރަމުން ދެއެވެ.
އެހެން ކަމުން ވިހޭތާ އަހަރު ވެސް ނުވެ ކެރިއަކު ނިމުނީ ކަމަށް ބުނެވެން ނެތް ކަމަށް ކެޓްރީނާގެ ދިފާއުގައި ވާހަކަ ދެއްކި މީހުން ބުނެފައި އެވެ.