Advertisement

ޕީއެންސީގެ ނައިބު ރައީސްކަމަށް ހަ ބޭފުޅަކު ހޮވައިފި، ރާފިޢު އެއްވަނައިގައި

ފޮޓޯ: ފީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ ހަ މަގާމަށް ބޭފުޅުން މިއަދު އިންތިޚާބުކޮށްފި އެވެ.

ޕީއެންސީގެ މަތީ މަޖިލީހުގައި ބޭއްވި މި ވޯޓުގައި ޖުމްލަ 1095 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެންމެ ގިނަ ވޯޓާ ލިބިވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އަށެވެ.

Advertisement

ރާފިޢުއަށް 968 ވޯޓު ލިބިވަޑައިގެންނެވި އިރު ދެވަނައަށް ވަޑައިގެންނެވީ 964 ވޯޓާ އެކު ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ. އެ ކަމަނާއަށް 923 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނައިބު ރައީސްކަމަށް ހޮވިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު (862 ވޯޓު) އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު (833 ވޯޓު) އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) (780 ވޯޓު) އެވެ.

އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (288 ވޯޓު) އާއި މުޙައްމަދު ނިމާލް (301 ވޯޓު) އެވެ.

ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވި މި އިންތިޚާބުގައި ހަ ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމު ކާމިޔާބުކުރައްވައިފައެވެ.

Advertisement

ކޮމެންޓް