ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަ ކަމެއް ނޫން: މައުމޫން
ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާލުވެއްޖެ އެވެ.
ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަނޑައެޅީ މި ސަރުކާރުންނެވެ. މި ދައުރު ފެށުނު ދުވަސްވަރު އެކަމަށް ފާޑުކިޔުމުން އިސްލާމީ ފަތުވާދޭ މަތީ މަޖިލީހުން ވަނީ އެކަން ކުރުމުގައި މައްސަލައެއް ނެތް ކަމަށް ބުނެ ފަތުވާއެއް ނެރެފައި އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ޤާނޫނެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އަމަލު ކުރާ ޤަވާޢިދެއްގައިވެސް އެގޮތަށް އަމަލު ކުރަން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މައުމޫން ވަނީ އެހެން ވިދާޅުވާން ޖެހުނީތީ މައާފަށް އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގަ ފަތުވާ މަޖިލީހުން ނެރުނު ފަތުވާފައި އޭރު ބުނެފައިވަނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށްހުރުމުގައި ދީނުގެ އަޅުކަމެއް އަދާ ކުރުމުގެ ހަރަކާތަކާއި ގުޅުމެތް ނެތް ކަމަށެވެ. އެއީ ނަމާދަށް އަށަމް ބަނުމެވެ.
ފަތުވާ މަޖިލީހުން ބުނީ ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވުމާއި މޭމަތީގައި އަތް އެޅުމަކީ އާދަކާދައާ ގުޅުންހުރި ކަމެއް ކަމަށާއި އާދަކާދައިގެ އަސްލަކީ ހުއްދަވުން ކަމަށްވެސް ބުނެފައިވެއެވެ.