Advertisement

އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި

13 Jul 2026 | 09:26
-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއެންޔޫ ފަހި ދުވަސް 2026" ރަސްމީކޮށް ފަށައިފިއެވެ.

ޖުލައި 11 އިން 12 އަށް، ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައި ކުރިއަށްދިޔަ މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ މަތީ ތަޢުލީމަށް ހޭލުންތެރިކުރުވުމާއި، ކެރިއަރ ގައިޑެންސް ދިނުމެވެ. މި އިވެންޓުގެ އެންމެ މުހިންމު ބަޔަކީ "ވަން-ސްޓޮޕް އެޑްމިޝަން ސެންޓަރު" ކަމަށާއި، އެ ސެންޓަރު މެދުވެރިކޮށް ކޯސްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބުމުގެ އިތުރުން، އެޑްމިޝަން ފޯމު ހުށަހެޅުމާއި ރަޖިސްޓްރީވުމުގެ ކަންކަން ވަގުތުން ފުރިހަމަ ކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

Advertisement

މި ހަރަކާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކާއި ސެންޓަރުތަކުން ސައިންސް އެކްސްޕެރިމެންޓް، އިންޖިނިއަރިންގ ގޮންޖެހުންތައް، ކުރެހުން، ފިޒިއޮތެރަޕީ އަދި މެރިޓައިމް ދާއިރާގެ ދައްކާލުންތައް ހިންގާފައިވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޕަބްލިކް ސަރވިސް މީޑިއާ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި ފިޒިއޯ ސޮލިއުޝަންސް ފަދަ އިދާރާތަކުން ބައިވެރިވެ، އެ ދާއިރާތަކުން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް