Advertisement

ބަންގުލަދޭޝްގެ ސަފީރު ލިޔުއްވި ފޮތެއް އެމްއެންޔޫއަށް ހަދިޔާކުރައްވައިފި

14 Jul 2026 | 09:24
-

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގުލަދޭޝްގެ ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، އަމިއްލަފުޅަށް ލިޔުއްވި ފޮތެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އަށް ހަދިޔާކުރައްވައިފިއެވެ.

"ޕަވަރ އޮފް ބޮންޑިންގ އެންޑް ނަން-ވެސްޓަން ސޮފްޓް ޕަވަރ ސްޓްރެޓެޖީ އިން އީރާން: ކޮމްޕެއަރިންގ ޗައިނާ އެންޑް އިންޑިއާސް އެންގޭޖްމަންޓް" ނަމަކަށް ކިޔާ މި ފޮތުގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި، ޑިޕްލޮމަސީ، ސޮފްޓް ޕަވަރ އަދި ދެކުނު އޭޝިޔާގެ ކަންކަމާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ. ޑރ. މުޙައްމަދު ނަޒްމުލް އިސްލާމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިޔާސީ ސައިންޓިސްޓެއް އަދި ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.

Advertisement

މި ފޮތް އެމްއެންޔޫގެ ލައިބްރަރީ ކަލެކްޝަނަށް ރަސްމީކޮށް އިތުރުކުރެވިފައިވާއިރު، މިއީ ދަރިވަރުންނާއި ދިރާސާވެރިންނަށް ބައިނަލްއަޤުވާމީ ގުޅުންތަކާއި ސިޔާސީ ސައިންސުގެ ދާއިރާގައި ލިބޭ މުހިންމު މަޞްދަރެއް ކަމަށް ޔުނިވަރސިޓީން ބުނެއެވެ. މި ހަދިޔާއަށްޓަކައި ޔުނިވަރސިޓީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ކޮމެންޓް