Advertisement

ނަތަންޔާހޫ އަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް ނިއުޔޯކްގެ މޭޔަރު ބުނި ބުނުން ބޮޑު ބޮމަކަށް

23 Jul 2026 | 10:15
-

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށާއި "ފަލަޞްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގި ބިރުވެރި ގަތުލުޢާންމުގެ މޭސްތިރި" ކަމަށް ބުނެ، އަންގާރަ ދުވަހުގެ ރޭ ނެރުނު ވީޑިއޯ މެސެޖް ބޮޑު ސިޔާސީ ތޫފާނަކަށް ވެއްޖެއެވެ.

ދެ މިނެޓުގެ އެ ވީޑިއޯގައި މަމްދާނީ ބުނީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އެރެސްޓް ވޮރަންޓް ތަންފީޒުކުރެވޭނެ ހުރިހާ ޤާނޫނީ މަގެއް އޭނާގެ ސަރުކާރުން ބެލި ކަމަށާއި، "ސިޓީ އަށް އެ ވޮރަންޓް ތަންފީޒުކުރެވޭނެ މިނިވަން ޤާނޫނީ ބާރެއް ލިބިގެން ނުވާކަން ސާފު" ކަމަށެވެ. ނަމަވެސް ފެޑެރަލް ސަރުކާރަށް އެ ބާރު ލިބިގެންވާ ކަމަށާއި، އައިސީސީ އާ ގުޅި ވޮރަންޓް ތަންފީޒުކުރުމަށް މަމްދާނީ ގޮވައިލިއެވެ.

Advertisement

މީގެ އެއް ދުވަސް ކުރިން ހޯމަ ދުވަހު ޓްރަމްޕް ޓްރުތް ސޯޝަލްގައި ބުނީ "ނަތަންޔާހޫ އެމެރިކާގައި ހުއްޓާ ހައްޔަރެއް ނުކުރެވޭނެ" ކަމަށެވެ. 

މަމްދާނީގެ ވީޑިއޯ އެކްސްގައި 13 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި ބޮޑު ބަހުސެއް ފެށުނެވެ. ޓްރަމްޕް ސަރުކާރުން ވަރުގަދަ ރައްދުތަކެއް ދިނެވެ. އިސްރާއީލަށް ކަނޑައެޅި ސަފީރު މައިކް ހަކަބީ، މަމްދާނީ ސިފަކުރީ "ނުބައި އެންޓި-ސެމެޓިކް" ފަރާތެއްގެ ގޮތުގައެވެ. 

މެޔޯރަލް ކެމްޕެއިނުގައި މަމްދާނީ ވައުދުވެފައިވަނީ ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފި ނަމަ ހައްޔަރުކުރަން ފުލުހުންނަށް އަމުރުކުރާނެ ކަމަށެވެ.

ނަތަންޔާހޫ ސެޕްޓެމްބަރުގައި އދ. ގެ ޖެނެރަލް އެސެމްބްލީ އަށް ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އައިސީސީން ނަތަންޔާހޫ އާ ދެކޮޅަށް އެރެސްޓް ވޮރަންޓެއް ނެރުނީ ނޮވެމްބަރު 2024 ގައި، ޣައްޒާގައި ހިނގި ހަނގުރާމައިގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކަމަށް ތުހުމަތުކޮށެވެ.

Advertisement

ކޮމެންޓް