މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލާއި ގުޅިގެން "ސައްބީސް ކާނިވަލް"
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަން ނިންމައިފިއެވެ.
މި ކާނިވަލް އޮންނާނީ ޖުލައި 24 އިން 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަށް ދުވަހަށް ކުރިއަށް ގެންދާ މި ކާނިވަލުގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ފުޑް ކިއޮސްކުތައް، ކުޑަކުދީންގެ ސަރަޙައްދު، އިންފްލޭޓަބަލްސް، ލައިވް މިއުޒިކް އަދި ބޮޑުބެރު ހުށަހެޅުންތައް ހިމެނެއެވެ.
މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާ އެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކޮށް، ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކާނިވަލެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާ އެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.