Advertisement

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އޮގަސްޓުގައި ބަޔަކާ ހަވާލުކުރަނީ

22 Jul 2026 | 09:21
-

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާ އެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ޓްރާންސްޕޯޓް މޮޑެލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ކަހަލަ ހުރަސްތައް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުމީ ހާލަތްތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމަށް ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ އެއްބަސްވުން އެކުލަވައިލުމުގެ މަރުހަލާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ވަޒީރު ވިދާޅުވީ މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމަށް އަމާޒުކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ޚިދުމަތުގެ ތެރެއިން ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ވެސް ދޭނެއެވެ. ޚިދުމަތް ފަށާ ފުރަތަމަ ތިން އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލައި 50 ގަޑިއިރުގެ މެޑިކަލް އިވެކުއޭޝަން ޚިދުމަތް ދޭން ޖެހޭނެއެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.

ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ 10 އަހަރުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެންބަރު އެކެއްގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ.

Advertisement

ކޮމެންޓް