ތަށި ކާމިޔާބުކުރެވުނު ވަގުތު ލަމީން ޔަމާލްގެ ފަރާތުން ފެނުނީ ޝުކުރުގެ ސަޖިދަ!
ފީފާ ވޯލްޑް ކަޕް 2026 ގެ ތަށި ސްޕެއިނުން އުފުލައިލި ވަގުތު، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފަރާތުން ފެނިގެންދިޔައީ ޝުކުރުގެ ސަޖިދައެކެވެ.
ސްޕެއިނުން 1-0 އިން އާޖެންޓީނާ ބަލިކޮށް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެކު، ޓީމުގެ އެހެން ކުޅުންތެރިން އުފާ ފާޅުކުރަމުން ދިޔައިރު ޔަމާލް ވަނީ ދަނޑުމަތީގައި ބޯ ތިރިކޮށް، މާތް ﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން ސަޖިދަ ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ލަނޑު އެކްސްޓެންޝަން ޓައިމުގެ 106 ވަނަ މިނެޓުގައި ޖަހައިދިނީ ފެރާން ޓޮރެސްއެވެ.
ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި، ކާމިޔާބީގެ އެ އުފާވެރި ވަގުތުކޮޅުގައި ޔަމާލް ދެއްކި މި މަންޒަރު ސޯޝަލް މީޑިއާގައި އަވަހަށް ވައިރަލްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓުބޯޅަ ސަޕޯޓަރުންގެ ބޮޑު ތަޢުރީފެއް ލިބުނެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ކާމިޔާބީގެ އެންމެ އުހުގައި ހުރެ ވެސް ޔަމާލް ދެއްކީ އަޅުވެރިކަމާއި ތިރިވުމުގެ ނަމޫނާއެކެވެ.
ސްޕެއިނަށް ކުޅެމުން އަންނަ 19 އަހަރުގެ ޔަމާލްއަކީ ދީނަށް އުޅޭ މުސްލިމެކެވެ. މުޅި މުބާރާތުގެ ތެރޭގައި ވެސް ގޯލް ޖެހުމަށް ފަހު އޭނާ ސަޖިދަ ކުރާ މަންޒަރު ފެނިފައިވެއެވެ. ޔަމާލްގެ ބައްޕައަކީ މޮރޮކޯ އަށް ނިސްބަތްވާ މީހެކެވެ. މީގެ އިތުރުން، ފަލަޞްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގައި ވެސް ޔަމާލް ފާހަގަކުރެވެއެވެ.